
ސެޕްޓެމްބަރު 7 ވަނަ ދުވަހުގެރޭ ވަރަށް ޚާއްސަ ޖަލްސާއެއް ބާއްވަން ޕީޕީއެމްއިން ތައްޔާރުވާން ފަށައިފިއެވެ.
އެ ޖަލްސާއާ ބެހޭ ގޮތުން އެޕާޓީގެ ސެކްރެޓަރީޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ އެ ޖަލްސާގައި ރައީސް ޔާމީން އަދި ޕީޕީއެމްގެ މުސްތަޝާރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އެ ޖަލްސާގައި އެމަނިކުފާނު ވަރަށް ޚާއްސަ މެސެޖުތަކެއް ދެއްވާނެ ކަމަށެވެ.
ޚަލީލް ވިދާޅުވީ އެޖަލްސާގައި ރައީސް ހާމަކުރައްވާނީ ގައުމުގެ ތަރައްގީގެ މުސްތަގުބަލާ ގުޅިފައިވާ މެސެޖުތަކެއް ކަމަށެވެ. އެހެންކަމުން ޕީޕީއެމަށް ތާއިދުކުރާ މީހުންނާއި، އިދިކޮޅު ފަރާތްތަކުން ވެސް އެޖަލްސާއަށް އައުމަށް ނުވަތަ ޓީވީތަކުން ބެލުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ޕީޕީއެމްގެ ޕަަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ މިއީ ވަރަށްފޯރިގަދަ ޖަލްސާއަކަށްވާނެ ކަމަށެވެ. ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު ޕާޓީގެ ސަޕޯޓަރުންނަށް ޚާއްސަކޮށް އަރުވާނެ ކަމަށެވެ.