ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރެއް ނޫނީ ނުކުރުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފި

ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރެއް ނޫނީ ނުކުރުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފި އެވެ.

އެ އިދާރާއިން މިފަދައިން އިލްތިމާސްކޮށްފައިވާ އިރު، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ރީނދޫ ސަމާލު ވެސް ވަނީ ނެރެފަ އެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ.

ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ވެސް ލަފާކޮށްފައިވާއިރު، ޚާއްސަކޮށް ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުކަން ދިނުމަށާއި ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރެއް ނޫނީ ނުކުރުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.