އުނގޫފާރު ނެރުމައްޗަށް ކޮޅުވެއްޓިއެއް އަރައިފި

ރ. އުނގޫފާރު ނެރުމައްޗަށް  އެމްޓީސީސީގެ ކޮޅުވެއްޓިއެއް  އަރައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ 8:05 އެހައިކަންހާއިރު ކަމަށެވެ.

އެމައުލޫމާތު ލިބުމާއެކު ކޮޅުވެއްޓި ފުންކުރުމުގެ މަސައްކަތް އެމްޓީސީސީއާ ގުޅިގެން ކުރައްވަން ފެއްޓެވި ކަމަށް ވެސް އެމްއެންޑީއެފް ވިދާޅުވިއެވެ. ދެފަރާތް ގުޅިގެން ކުރި މަސައްކަތުން މިއަދު ހެނދުނު 9:10 އެހައިކަންހާއިރު ވަނީ ކޮޅުވެއްޓި ފުންކުރެވިފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިހާދިސާ ހިނގިއިރު އޭގައި 2 ބިދޭސީންނާއި 6 ދިވެހިން ތިއްބެވެ.  "ލީމާ" ނަމަކަށް ކިޔާ ކޮޅުވެއްޓީގައި ތިބި ޖުމްލަ 8 މީހުންނަށް މިހާދިސާގައި އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކޮޅުވެއްޓި ނެރަށް އެރިއިރު އޭގައި އެކްސްކަވޭޓަރަކާއި، ލޮރީ އެއްވެސް އޮތް ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.