
ފުލުހުން ވިދާޅުވީ އެމީހާ ނިޔާވެފައިވަނީ އެންދަމަން އުޅުމުގެ ތެރޭގައި ގެންގުޅުނު ބޮޔެއް އޮޔާދާތީ ގޮސް އެހިފައިގެން އެނބުރި އަންނަނިކޮށް ކަމަށެވެ. އެ ހިފައިގެން އަންނަނިކޮށް އެމީހާގެ ޙަރަކާތް ހުއްޓިގެން ދޯނީގެ އެހެން މީހުން ގޮސް އޭނާ ނެގިއިރު އަނގައިން ވަނީ ފޮނު އައިސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ދޯނީގެ މީހުންވަނީ އެމީހާ ވަގުތުން ގއ. ވިލިގިލީ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެތަނަށް ގެނައިއިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:8 އެހައިކަންހާއިރު އެވެ. މިކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.