މަޅުމަތި: މެންބަރުންގެ ފައިސާ

އަހަރެން ރައްޔިތުންގެ މަޖިލީހަށް ހޮވުނުތާ ހަތަރު އަހަރު ވެއްޖެއެވެ.

މަޖިލީހުގައި ހާޒިރީ އެންމެ ދެރަވަރީ އަހަރެންގެއެވެ.

ދެވެނީ ވަަރަށް މަދު ދުވަހަކުއެވެ.

ދާ ދުވަހަކުވެސް އޮންނަނީ ހައިޖާނެވެ.

ނިޒާމީ ނުކުތާއެވެ.

ނުރުހޭ މީހުނާ ދިމާއަށް ބެވުމެވެ.

ދޮގު ވާހަކަ ދެއްކުމެވެ.

ޓީވީން ބަލަން ތިބޭ މީހުންނަށް ދައްކަން ޑްރާމާ ކުޅުމެވެ.

މަޖިލީހަށް ނުވެސް ގެނެވޭނޭ ބައެއް މީސްމީހުންގެ އަބުރާ ބެހުމެވެ.

ގިނަ ދުވަހު މަޖިލީހަށް ނުދިޔަޔަސް އަހަންނަކަށް ވާނޭ ކަމެއް ނެތެވެ.

މުސާރައާއި ޢިނާޔަތް ބަރާބަރަށް ލިބޭނެއެވެ.

* * *

ހޮޓަލެއްގައި ސައިބޯން އިނދެފައި ގެއަށް ދާން އަހަރެން ނުކުތީ މެންދަންވީ ފަހުންނެވެ.

ގެ ހުންނަނީ ކައިރީގައި ކަމަށް ވުމާއެކު ދިޔައީ ހިނގާފައެވެ.

ކުއްލިއަކަށް އަހަރެންގެ ކުރިމައްޗަށް މީހަކު އަރައިފިއެވެ.

އަތުގައި އޮތީ ކައިވަތެއް ހުންނަ ވަރުގެ ވަޅިއެކެވެ.

އެ ވަޅި އަހަންނާ ދިމާއަށް ދިއްކޮށްފައި ބުންޏެވެ.

ކަލޭގެ ފައިސާކޮޅު ދޭށެވެ.

އަހަރެން ބުނީމެވެ.

އަހަރެން މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީމެވެ.

އޭނާ ބުންޏެވެ.

އެހެންވެއްޖެއްޔާ އަހަރެންގެ ފައިސާކޮޅު ދޭށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.