އިދިކޮޅު ކޯލިޝަންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފި

ފޮޓޯ: އެމްޑީޕީ ސެކްރެޓޭރިއެޓް ޓުވިޓަރ އިން

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރަނިން މޭޓް ފައިސަލް ނަސީމް ގެ ކެންޑިޑެސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ. ފޯމު ހުށަހެއްޅުއްވީ މިއަދު 11 ގަޑި 24 މިނިޓް ގައެވެ.

ފޯމާ ހަވާލުވެވަޑައިގެން އިލްކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދް ޝަރީފް ވިދާޅުވީ ކުރިއަށް އޮތް 48 ގަޑި އިރުތެރޭ ފޯމު ބަލައިގަތްކަން ހާމަކުރައްވާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ އިންތިޚާބުގެ ރަސްމީ ކެމްޕޭން ކުރިއަށް ގެންދެވޭނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރެވި އެކަން އިއުލާން ކުރެއްވުމުންނެވެ. ނަމަވެސް ރަނިން މޭޓުންނާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެމުވަށް ހަރަކާތްތައް ހިންގޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިލެކްޝަންސް ގެ ގާނޫނު ތަންދޭ މިންވަރަކުން އިލެކްޝަންސްގެ މޭންޑޭޓާ އެއްގޮތަށް ހަމަހަމަ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. 

ރީރެޖިްސްޓްރޭޝަން އާއި ގުލީގެން މީޑިއާ އިން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޝަރީފް ވިދާޅުވީ ފޯމު ހުށަހަޅާނެކަން ޝައްކު ކުރެވޭނަމަ އަލުން ފޯމު ހުށަހެޅުމަށެވެ. ތަކުރާރު ކޮށް ފޯމެއް ލިބިއްޖެނަމަ އެފަރާތަކަށް ގުޅައިގެން މައުލޫމާތު ސާފުކުރައްވައި ފޯމުގައިވާ ފިންގަރޕްރިންޓް ފުލުހުންނަށް ހުށަހަޅުއްވައިގެން ވެރިފައި ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. ރޭގެ ނިޔަލަށް 8000 ރީރެޖިސްޓްރޭޝަން ފޯމު އިލެކްޝަންސް އަށް ލިބިފައިވާ ކަމަށް ވެސް ޝަރީފް ހާމަކުރެއްވިއެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާށި ކެންޑިޑޭތް ވިދާލުވީ މިއަދާ ހަމައަށް އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ކަމަށެވެ. ނަަމަވެސް މިއަދު ފޯމު ހުށަހަޅުއްވަން އެބޭފުޅުން ހިންގަވާފައި އިލެކްޝަންސް އަށް ވަޑައިގެންނެވުމަށް ފުރުސަތު ލިބުނު ކަން ފާހަގުރެއްވިއެވެ. އިންތިޚާބަކީ ގާނޫނީ ހައްގެއް ކަމަށާއި އެހެން ކަމުން އިންތިޚާބުގެ ކަންކަން 'ފްރީ އެންޑް ފެއަރ' ކޮށް ގެން ގެންގޮސްދެއްވުމަށް ރަނިން މޭޓް ފައިސަލް ނަސީމް އެދިވަޑައިގެންނެވިއެވެ.

އެއަށް ޖަވާބު ދެއްވަމުން އިލެކްޝަންސްގެ ރައީސްް ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބު ވެސް ހުރިހާ ފަރާތްތަކަށް ހަމަ ފުރުސަތު ހޯއްދަވައިދެއްވުމަށް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މީޑިއާ އިން ހަމަހަމަ ފުރަސަތު ހޯއްދަވައިދެއްވުމަށް ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވާރަ ކުރެއްވި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ހުޅުވާލައި އެމްޑީޕީ އާއި ޕީޕީއެމް އަށް ކެންޑިޑެސީ ފޯމު ސެޓެއް ފޮނުއްވި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިތުރު 7 ފަރާތަކުން ފޯމު ގެންގޮސްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ފޯމު ހުށަހެޅެއްވީ އެމްޑީޕީ އިން ކަމަށް ވިދާޅުވިއެވެ. ޝަރީފް ވަނީ މިހާރުވެސް ތާއީދު ހޯދުމަށް ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓް ބައިވެިރވެވަޑައިގަންނަވާ ހަރަކާތްތަކުގައި ކަމާބެހޭ ފަރާތްކަށް އަންގައިގެން ކުރިއަށް ގެންދިއުމުން ސަލާމަތީ ކަންކަންވެސް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ދެފުށް ފެންނަ އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރައްވަން ޖެހޭ ހުރހާ ކަމެއް ކަށަވަރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.