'ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ' ގެ ސިޔާސީ ކާސްޓް އެއް ފޮޓޯ އިން

'ދި އެކްސިޑެންތަލް ޕްރައިމް މިނސްޓަރ' ގެ މަންޒަރެއް

އަނޫޕަމް ޚޭރް ގެ 'ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ' ގެ ޕޮލިޓިކަލް ކާސްޓް ގެ ފޮޓޯ އެއް އާއްމުކޮށްފިއެވެ. މި ފިލްމުގެ ކާސްޓް ދޭތެރެ ދޭތެރެއިން މީގެ ކުރީން ވަނީ އާއްމުކޮށްފައެވެ. ނަމަވެސް ސިޔާސީ ހުރިހާ އެންމެން އެއް ފޮޓޯ އަކުން ބެލުންތެރީންނަށް ހާމަކުރީ ހީމަ ދުވަހުއެވެ.

މި ފިލްމުން ފެނިގެންދާނެ ސިޔާސީ ޝަޚްސިއްޔަތުތަކުގެ ތެރޭގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގހް އާއި އަނބިކަނބަލުން ގުރްޝަރަން ކޯރް، ސޯނިއާ ގާނދީ، ރާހުލް ގާނދީ، ޕްރިޔަންކާ ގާނދީ، ކުރީގެ ރައީސް އޭޕީޖޭ އަބްދުލް ކަލާމް އަދި ކުރީގެ ޔޫނިއަން މިނިސްޓަރު ޝިވްރާޖް ޕަޓިލް ހިމެނެއެވެ. ފިލްމް ކްރިޓީކް ތަރުން އަދާށް އާއްމުކޮށްފައިވާ ފޮޓޯ ނަގާފައިވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މައި ހޯލުގައެވެ. މި ފޮޓޯ އަކީ ފިލްމުގެ މަންޒަރެއް ކަަމަށް ބެލެވެއެވެ.

'ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ' އަކީ ސަންޖަޔާ ބާރޫ ލިޔުނު 'އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ' އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މިފޮތުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ބޮޑުވަޒީރު މަންމޯހަން ސިންގހަށް ދުވަހަކު ވެސް ކެބިނެޓަށް ފުރިހަމަ ބާރެއް ނުފޯރުއްވެއެވެ. ކެބިނެޓް ކޮންޓްރޯލް ކުރައްވަމުން ގެންދެވީ ކޮންގްރެސް ޕާޓީގެ ރައީސް ސޯނިއާ ގާނދީ އެވެ. އަދި މަންމޯހަން ސިންގހް ވަރަށް ބޮޑަށް އެކަމަނާއަށް ދޫދެއްވާ ކަމަށް ޑރ. ސިންގހް ތުހުމަތު ކޮށްފައިވެއެވެ.

ފިލްމު ޕްރޮޑިއުސް ކުރަނީ ބޯރާ ބރޯސް އިންނެވެ. ބޮޑުވަޒީރު ރޯލު ކުޅެނީ އަނޫޕަމް ޚޭރް އެވެ. ސޯނިއާ ގާނދީގެ ރޯލު ކުޅެނީ ޖަރުމަނުގެ އެކްޓަރެއް ކަމގުައިވާ ސުޒޭން ބަރނަރޓް އެވެ. މި ފިލްމު އަޅުވާނީ މިއަހަރުގެ ޑިސެންބަރު މަހުގެ 21ވަނަ ދުވަހުއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.