
ސާޖިދް ޚާން ގެ ފިލްމު 'ހައުސް ފުލް 4' ގެ ޝޫޓިން ލަންޑަންގައި ފަށައިފިއެވެ. ފިލްމުގެ ކާސްޓއި ކްރޫ ލަންޑަންގައި 25 ދުވަހުގެ ޝެޑިއުލް އެއް ހޭދަ ކުރާނެއެވެ. މި ފިލްމަކީ މި ސިލްސިލާގެ 4ވަނަ ފިލްމެވެ. ފިލްމުގެ ލީޑްރޯލު ކުޅޭ ތަރީންނަކީ އަކްޝޭ ކުމާރް، ބޮބީ ޑެއޯލް. ރިތޭޝް ދޭޝްމުކް އަދި ކްރިތީ ސެނޯން އެވެ.
ފިލްމުގެ ޝޫޓިން ފަށާފައި ވަނީ އިއްޔެއެވެ. އަކްޝޭ އޭނާގެ އިންސްޓެގްރާމުގައި ބޮބީ އާއި ރިތޭޝް އަދި އޭނާގެ ފޮޓޯ އެއް ޝެއަރ ކުރަމުން ބުނެފައިވަނީ ސިލްވަރ ސްކްރީނުގައި ހިޔަޅަކަށް ވާންވީ ވަގުތު ޖެހުނީ ކަމަށެވެ. 'ހައުސް ފުލް' ގެ ސިލްސިލާ ތަކަކީ ވަރަށް ހެއްވާ ފިލްމުތަކެކެވެ.
ބްބީ އާއި ކްރިތީ އަކީ 'ހައުސްފުލް' އާއިލާ އާ އަލަށް ގުޅުނު ދެތަރީންނެވެ. މި ފިލްމުގެ މަސައްކަތް ފަށާފައިމިވަނީ އަކްޝޭގެ ހެއްވާ ފިލްމަކަށް ބެލުންތެރީން އިންތިޒާރުކޮށްކޮށް ތިއްބައެވެ. މި ފަހަރުގެ މަޖާ ހަތަރު ގުނައަށް އިތުރުވާނެކަމުގެ ޔަގީންކަން އަކްޝޭ އޭނާގެ ފޭނުންނަށް ދެއެވެ.
'ހައުސް ފުލް 4' ގެ ޑައިރެކްޓަރަކީ ސާޖިދް ޚާން އެވެ. ޕްރޮޑިއުސް ކުރަނީ ސާޖިދު ނަދިއަދުވާލާ ފިލްމްސް އިންނެވެ. މި ފިލްމު ރިލީޒު ކުރާނީ މިއަންނަ އަހަރުއެވެ.