މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެންފެށި ދުވަސްކަމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމް ކްރިމިނަލް ކޯޓުން މިނިވަން ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެްގައެވެ.
ގާސިމް އިބްރާހީމް ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ ސިޔާދު ގާސިމް އަށް ޖަލުގެ އަނިޔާވެރި ކަމުން މިންޖުވެގެން ދިއުމަކީ އެބޭފުޅުންނަށް ލިބިވަޑައިގެންނެވި އުފަލެއް ކަމަށާއި ހައްގުގެ މަގަށް އެޅުނު ފިޔަވަޅެއް ކަމުގައެވެ. ގާސިމްގެ ޓުވީޓު ނިންމަވާލައްވަމުން މިފަދައިން ޖަލުގައި ތިއްބެވި ހުރިހާ ބޭފުޅުން ސަލާމަތްކޮށްެދެއްވުން އެދި ދުއާ ދަންނަވާފައިވެއެވެ.
ޤާސިމްގެ ޓުވީޓު:
InShaa Allah Miadhakee Aniyaaverikamuge Sihuruge gohthah mohenfeshunu dhuvas. Migothun Ibrahim Siyadh Qasim ah jaluge Aniyaaveri kamunminju vegendhiumakee Alhugadu menah libunu ufaleh Hagguge magahelhunu fiyavalheh. ASW mifadha in thihbevi hurihaa beyfulhun salaamaiy kohdhehvashi
— Qasim Ibrahim (@qasimibrahim) July 19, 2018
ސިޔާދު ގާސިމް މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރެއްވީ މިއަދު ހަވީރުއެވެ. އޭނާ މިނިވަން ކޮށްފައިވަނީ ތިން ޝަރުޠަކާ އެކު އެވެ. އެ ތިން ޝަރުޠަކީ؛ ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ ކޯޓަށް އެނގުމަށާއި ކޯޓުން ފޮނުއްވާ ޗިޓާ ހަވާލު ވުމަށާއި އަދި މާލެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމަށެވެ.
ސިޔާދަކީ ވިލާ ގުރޫޕުގެ މެނޭޖިންގ ޑިރެކްޓަރެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގ 7ވަނަ ދުވަހުއެވެ. އޭނާގެ މައްްޗަށް ދައުވާކޮށްފައިވަނީ ރިޝްވަތު ދިންކަމަށް ތުހުމަތު ކޮށެވެ.