ދިހަ އިންސައްތައަކީ އަޣުލަބިއްޔަތެއް ނޫނެވެ.
ފަންސާސް ހާސް މީހުންގެ ވޯޓު އެއްހާސް މީހުންނަކަށް ބަދަލެއް ނުކުރެވޭނެއެވެ.
ކަމެއް ކުރަން ވުމާއެކު ގާނޫނާއި ގަވާއިދު ބަދަލުކޮށްގެން ނުވާނެއެވެ.
ގިނަ މީހުން ރުހޭ ގޮތް ބަލަން ވާނީ އެންމެންނާ ސުވާލު ކޮށްގެންނެވެ.
ގިނަ މީހުން ރުހޭ ގޮތް ބަލަން ދޮޅަހަކަށް މީހުނާ ސުވާލުކޮށްގެންނެއް ނުފުއްދޭނެއެވެ.
އެންމެ މީހަކު ބުނާހައި ގޮތަކަށް ހެދުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
ވަކި މީހަކު ބުނާހައި ބަޔަކު އިންތިޚާބު ކުރަން ބާރު އަޅައިގެން ނުވާނެއެވެ.
ގޮނޑީގެ ހައްގުވެރިންނަކީ އާއިލާ ކަމަށް ބަލައިގެންނެއް ނުވާނެއެވެ.
ގާނޫނީ ގޮތުން މަގާމަކަށް އޮންނަ މުއްދަތު އަމިއްލައަށް ބައިބައި ކޮށްގެން ނުވާނެއެވެ.
* * *
އަހަންނަކަށް އަޑު އަހާކަށް ނުހުރެވުނެވެ.
ކަލޭ މޮޔަވީ ހެއްޔެވެ؟
ތިޔަ ދަމަނީ ކޮން ހާސަރެއް ހެއްޔެވެ؟
* * *
އޭނާ ބުންޏެވެ.
މި ދައްކަނީ ޑިމޮކްރަސީގެ ވާހަކައެވެ.
ޑިމޮކްރަސީގެ ނަމުގައި މީހުން ވާ ވައްދައިގެން ނުވާނެއެވެ.
އަމިއްލަ ފައިދާއަށްޓަކައި ބޭނުންހައި ކަމެއް ކޮށްފައި ޑިމޮކްރަސީއޭ ކިޔައިގެން ނުވާނެއެވެ.
* * *
އަހަރެން ބުނީމެވެ.
ކަލެއަކަށް އަދި ދިވެހިރާއްޖެއެއް ނޭނގެއެވެ.
ޑިމޮކްރަސީއަކީ ނިޒާމަކަށް ވެފައި އޮންނަނީ އެހެން ގައުމުތަކުގައެވެ.
މި ރާއްޖޭގައި އެއީ މީހަކަށް ކިޔާ ނަމެކެވެ.
ކޮންމެ ޕާޓީއެއްގައިވެސް ޑިމޮކްރަސީއެއް ހުންނާނެއެވެ.
އޭނާ ބުނާ ގޮތަށް ހެދީމާ އެ އޮތީ ޑިމޮކްރަސީއަށް ވެފައެވެ.