ޑީކޯވި މީހަކަށް ފަރުވާ ދިނުމަށް ތިނަދުއަށް ގެންގޮސްފި

ގއ. ވިލިނގިލި ކައިރީ މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން އެން ދެމުމަށް ވައި ފުޅި އަޅައިގެން ފީނި މީހަކު ޑީކޮޕްރެޝަން ސިކްނެސް (ޑީކޯ) ވި މީހަކަށް ފަރުވާ ދިނުމަށްޓަކައި ގދ. ތިނަދުއަށް ގެންގޮސްދީފިއެވެ.

އެމީހާއަށް ފަރުވާ ދިނުމަށް ތިނަދުއަށް ގެންގޮސްދީފައިވަނީ އެމްއެންޑީއެފްގެ އެހީގައި ގއ. ވިލިގިލީ ސީއެމްބިޔުލާންސްގައެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައިވަނީ މިއަދު ހެނދުނު 8:30 އެހައިކަންހާއިރުއެވެ. މި ހާދިސާ ދިމާވި އިރު ދޯނި އޮތީ ގއ. ވިލިނގިލީގެ އިރުން 11 މޭލު ބޭރުގައެވެ.

ޑީކޯ ވެގެން ތިނަދުއަށް ގެންދިޔައީ އުމުރުން 41 އަހަރުގެ މީހެކެވެ. އޭނާ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނު 10:30 އެހައިކަންހާއިރު އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.