އިމްރާން ޚާން އަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ކުރީގެ އަންހެނުން ރީހާމް ޚާން ތުހުމަތު ކޮށްފި

ޕާކިސްތާނުގެ ކުރީގެ ކްރިކެޓަރު އަދި މިހާރު 'ޕާކިސްތާން ތެހްރީކީ އިންސާފް' ޕާޓީގެ  ލީޑަރު އިމްރާން ޚާން އަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް އޭނާގެ ކުރީގެ އަންހެނުން ރީހާމް ޚާން ތުހުމަތު ކޮށްފިއެވެ. މި ވާހަކަތައް އޭނާ ލިޔެފައިވަނީ އޭނާ ނެރެން ތައްޔާރުވަމުން އަންނަ ފޮތް "ރީހާމް ޚާން" ގައެވެ. ފޮތް ނެރުމުގެ ކުރީން ފޮތުގެ ބައިތައް ވަނީ ލީކް ކޮށްލާފައެވެ،

ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރީހާމްގެ ބަޔޮގްރަފީގައި އާމިރް ޚާންގެ ބޮލުގައި ބޮޑެތި ތުހުމަތުތައް އަޅުވާފައިވެއެވެ. އާމިރް ޚާން ގިނަ ފިރިހެނުންތަކަކާ ގުޅުން ބާއްވާ ކަމަށް ރީހާމް ގެ ބައޮގްރަފީގައި ލިޔެފައިވާ ކަމަށްވެއެވެ. އެގޮތުން ޕާކިސްތާނުގެ މަޝްހޫރު ފިލްމީ ތަރި އަދި ޓީވީ ހޯސްޓް ހަމްޒާ އަލީ އައްބާސީ އާއި އިމްރާން ޚާންގެ ސިޔާސީ ޕާޓީ 'ޕާކިސްތާން ތެހްރީކީ އިންސާފް'، ޕީޓީއައި ގެ މެންބަރު މުރާދް ސައީދާއި ގުޅުން ބާއްވާކަމަށް ރީހާމް ޚާން ގައި ލިޔެފައިވާ ކަމަށްވެއެވެ.އަދި ޕާޓީގެ މީޑިއާ ކޯޑިނޭޓަރު އަނީލާ ޚަވާޖާ އާއި ގުޅުން ބާއްވާ ކަމަށްވެސް ވެއެވެ. އަދި އޭނާ ވަރަށް ބޮޑަށް އިމްރާން ކޮންޓްރޯލްކޮށްގެން އުޅޭ ކަމަށް ރީހާމްގެ ބަޔޮގްރަފީގައި ވެއެވެ.

މިހައިތަނަށް މި ތުހުމަތުތަކަށް އިމްރާން ޚާނާއި ހަމްޒާ އަލީ އައްބާސީ ރައްދު ދީފައެއް ނުވެއެވެ. ނަމަވެސް މުރާދު ސައީދު ވަނީ އޭނާގެ ޓްވިޓަރ ގައި މި ތުހުމަތުތައް ދޮގުކޮށްފައެވެ. 

މީގެ ކުރީން ރީހާމް ޚާން ވަނީ ޕާކިސްތާނުގެ ކްރިކެޓަރު ވަސީމް އަކްރަމްގެ ބޮލުގައިވެސް ބޮޑެތި ޖިންސީ ތުހުމަތުތަކެއް އަޅުވައިފައެވެ. އެތުހުމަތު ތަކާ ގުޅިގެން ލަންޑަންގެ ލޯ ފާމަކުން ރިހާމް ޚާން އަށް ލީގަލް ނޯޓިސް އެއްވެސ ފޮނުވިއެވެ.  

ރީހާމް އާ ކައިވެނި ކުރުމުގެ ކުރީން އިމްރާން ޚާން އޭނާ އަށް ޖިންސީ ގޯނާކޮށްފައިވާ ކަމަަށްވެސް ފޮތުގައި ލިޔެފައިވެއެވެ. ރީހާމްގެ ބަޔޮގްރަފީ "ރީޙާމް ޚާން" ލީކްކޮށްލާފައިވާނީ އިންޓަރނެޓުގައެވެ. މި ފޮތް ލީކް ކުރިފަހުން އޭނާއާ ދެކޮޅަށް ގިނަބަޔަކު ދަނީ މީސްމީޑިއާގައި އަޑުއުފުލަމުންނެވެ. 

އިމްރާން ޚާންގެ ކުރީގެ އަންހެނުން ޖެމީމާ ޚާން މިދިޔަ ހަފްތާގައި ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން މީހެއްގެ އަބުރު ގެއްލޭފަދަ ދޮގު މައުލޫމާތު ހިމެނޭ ފޮތެއް އިނގިރޭސިވިލާތުގައި ޝާއިއު ނުކުރާނެކަމުގެ ޔަގީންކަން އޭނައަށްވަނީ ލިބިފައިވެއެވެ. ނަމަވެސް އެފޮތް ޝާއިއު ކޮށްފިނަމަ އޭނާގެ 16 އަހަރުގެ ދަރިފުޅުގެ ހައްގުގައި ރީހާމް ޚާން އާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމަށްވެސް އޭނާގެ ޓްވީޓުގައި ބުނެފައިވެއެވެ.

https://twitter.com/Jemima_Khan/status/1004361143048163329

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.