ޕާކިސްތާނުގައި ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖެއް ކަމުގައިވާ ޒައިނަބު އަންސާރީއަށް ޖިންސީ ގޯނާކުރުމަށް ފަހު މަރާލި އިމްރާން އަލީ މި އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ދަންޖައްސައި މަރާލުމަށް އޭނަ ހައްޔަރުކޮށްފައިވާ ކޯޓް ލަކްޕަތު ޖަލުން ނިންމައިފިއެވެ. އޭނާ ދަންޖައްސައި މަރާލަން ނިންމީ ކޯޓުން އެކަމުގެ އެެންމެ ފަހު ހުއްދަތައް ދިނުމުންނެވެ.
އޭނާ ދަންޖައްސާނީ އެންމެންނަށް ފެންނަ ގޮަތަށް އާއްމު ތަނެއްގައެވެ. ޒައިނަބު މަލާރުމާ ގުޅިގެން ޕާކިސްތާނު ސެނެޓުން ވަނީ އާ ގާނޫނެއް ފާސްކޮށްފައެވެ. އެއީ، 14 އަހަރަށް ވުރެ ކުޑަ ކުއްޖަކު ވަގަށް ނަގާ ނުވަތަ އޭނާގެ އިއްފަތް ފޭރިގަންނަ ކޮންމެ މީހަކު އެންމެންނަށް ފެންނަ ގޮތަށް އާއްމުތ ތަނެއް ގައި ދަންޖެއްސުމެވެ.
މިއަހަރުގެ ޖަނަވަރީ މަހު 4 ވަނަ ދުވަހު ޕާކިސްތާނު ޕަންޖާބުގެ ކަސޫރުގައި ޒައިނަބު ގެއްލިފައި ވަނީ އޭނާ ގުރްއާން ކިލާހަކަށް ކިޔަވަން ދަނިކޮށެެވެ. އެ ދުވަހު އޭނާ ގެެއްލިގެން ހޯދަމުން ދަނިކޮށް ނުފެނިގެން ހޯދަމުން ދަނިކޮށް 9 ޖަނަވަރީގައި އޭނާގެ ހަށިގަނޑު ފެނުނީ ކުނިގޮނޑެއްގެ ތެރެއިންނެވެ. އޭނާގެ އިއްފަތްތެރިކަން ނަގާލައި މަރާލުމުގެ ކުށުގައި 24 އަހަރުގެ އިމްރާން އަލީ ހައްޔަރު ކުރީ ޖަނަވަރީ 23 ގައެވެ.
ލާހޯރު ސެންޓްރަލް ޖަލުގައި ހުންނަ އެންޓި ޓެރަރިޒަމް ކޯޓުން އޭނާ ދަންޖައްސައި މެރުމަށާ 2.3 މިލިއަން ރުފިޔާއިން ޖުރުމާނާ ކުރުމަށް ހުކުމްކުރީ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އިސްތިއުނާފު މަރުހަލާގައި ލާހޯރު ހައިކޯޓާއި ޕާކިސްތާނު ސުޕްރީމް ކޯޓުން ވެސް ވަނީ އެ ހުކުމް ދަމަހައްޓާފައެވެ.
އިމްރާން އަލީ ދަންޖެއްސުމުގެ ހުކުމް ތަންފީޒުކުރުމުގެ ހުއްދަ އެންޓި ޓެރަރިޒަމް ކޯޓުން ދީފައި ވަނީ އިއްޔެއެވެ.