މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފި ކަމަށް މީޑިއާއިން ބުނެފިއެވެ.
މިއަމުރު ފުލުހުންގެ މައްޗަށް އައީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވައި ދެއްވުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ފުލުހުންގެ ކިބައިން އެދިފައިވަނިކޮށް ނެއެވެ.
މިފަދަ އަމުރެއް އައިސްފައި ވަނީ ޝަރުއީ ހުކުމެއް ތަންފީޒު ކުރަން ޖެހިވަޑައިގެންފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕްރައިމަރީގައި ވާދަ ކުރައްވާތީ އެކަން އެގޮތަށް ނުކުރުމަށް އެމްޑީޕީއަށް އިލެކްޝަންސް ކޮމިޝަނުން އަންގަވައިފައި ވަނިކޮށްވެސް ޕްރައިމަރީ ކުރިއަށް ގެންދަވާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކޯޓު އަމުރު އައިސްފައިވަނީ މީގެ ބައިގަޑިއެއްހާ އިރު ކުރިން ކަމަށެވެ.