އާފަތިސް ރޯދަ ބަދިގެ: ސުވިސް ރޯލް

ފޮޓޯ: މަނާހިލް

ސުވިސް ރޯލަކީ ވަރަށް ޚަރަދު ކުޑަކޮށް ވަރަށް ފަސޭހައިން ގޭގައި ތައްޔާރުކޮށް ލެވިދާނެ ރަހަ މީރު ފޮނި އެއްޗެކެވެ. ގިނަވެގެން 20 މިނިޓް ތެެރޭގައި މި ރޯލު ތައްޔާރު ކުރެވިދާނެއެވެ.

ސުވިސް ރޯލް ހަދަން ބޭނުންވާނެ ތަކެތި:

3 ކުކުޅު ބިސް

10 މޭޒުމަތީ ސަމުސާ ފުށް

10 މޭޒުމަތީ ސަމުސާ ހަކުރު

1 ސައިސަމުސާ ބޭކިން ޕައުޑަރ

¼ ސައި ސަމުސާ ވެނީލާ އެސެންސް

 މެޡުމަތީ ސަމުސާ ރާސްެބެރީ ޖޭމް

ތައްޔާރުކުރަނެ ގޮތް:

13 އިންޗީގެ ޓްރޭ އެއްގައި މާޖެރިން/ބަޓާރު އުނގުޅާށެވެ.

ފުށާއި ލޮނު ކޮޅު، އަދި ބޭކިން ޕައުޑަރ ފުރާނާލާށެވެ. ބިހާއި ހަކުރު ބޯވެ ކުަލަ އަލި ވަންދެން ބޯތަށްޓެއްގައި އެއްކުރާށެވެ. އިލެކްޓްރިކް ބީޓަރެެއް ހުރިނަމަ އޭގައި އެއްކުރެވިދާނެއެވެ. ބިހާއި ހަކުރު ސްޕޮންޖަށް ވީމާ މަޑުމަޑުން ފުރާނާފައިހުރި ފުށް އެއްކުރާށެވެ. އެއަށްފަހު ވެނީލާ އެސެންސް އަޅާށެވެ. ޓްރޭ އަށް އެޅުމަށް ފަހު 220 ޑީގްރީ ސެލްސިއަސް ނުވަތަ 425 ފެހެރެންހައިޓް ހޫނުމިނުގައި ފިހޭށެވެ. ރޯލް ތެތްކޮށް ރީތިކޮށް އޮންނާނީ ވީހާވެސް އަވަހަށް ފިހެވުނިއްޔާއެވެ.

ކިޗެން ޕޭޕަރ ޝީޓެއް މޭޒުމަޓިގައި ފެތުރުމަށް ފަހު ޝީޓު މައްޗަށް ހަކުރު ކޮޅެއް ބުރުވައިލާށެވެ. އަދި ރޯލު ނަގައި ޝީޓް މަތީގައި ބޭއްވުމަށް ފަހު ޖޭމް ކޮޅު ހޫނުކޮށްފައި ރޯލް މަތީގައި ހާކާލާށެވެ. ޖޭމް ހާކައި ނިމުނީމާ ރޯލް އޮޅާލާށެވެ. އޮޅާ އިރު ކިޗެން ޕޭޕަރުން ބާރު ކުރަންވާނެއެވެ. ދެން ޕޭޕަރ ނަގައި ރޯލްގެ މައްޗަށް އަނެއްކާވެސް ކުޑަ ހަކުރުކޮޅެއް ބުރުވާލާށެވެ. (ކިޗެން ޕޭޕަރ ގެ ބަދަލުގައި ތެންމާފައި އޮތް ކޮޓަން ފޮތިކޮޅެއް ވެސް ބޭނުން ކުރެވިދާނެއެވެ.)

ރޯލު ފިހެން ހޭދަވާނީ 7 މިނެޓެވެ.  

ޖޭމުގެ ބަދަލުގައި އެހެން ސިރަޕެއްވެސް ބޭނުން ކުރެވިދާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.