
ރ. އަތޮޅުން ފެށިގެން ސ. އަތޮޅާ ދެމެދުގައި ހިމެނޭ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އޮފީހުން ބުނެފައިވަނީ އެ އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.
އެއޮފީހުން ވިދާޅުވެފައިވަނީ ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާދެމެދުގެ ބާރުމިނުގައި ކަމަށެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.
ކަނޑުތަކަށް ބަލާއިރު ރާއްޖޭގެ މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.