އިގްތިސާދީ ސަރަހައްދު ބެލުމުގެ ސަވައިލަންސް އޮޕަރޭޝަނެއް ހިންގައިފި

ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ބެލުމުގެ ސަވައިލަންސް އޮޕަރޭޝަނެއް ހިންގައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެތަނުން ވިދާޅުވެފައިވަނީ އެއީ އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއާގެ ނޭވީ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މިއީ ދިވެހިރާއްޖޭގެ އީއީޒެޑް ސަރަޙައްދު ބެލެހެއްޓުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ސަވައިލެންސް އޮޕަރޭޝަނުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. މިފަހަރުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 12 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މި އޮޕަރޭޝަންގައި އިންޑިއާ ނޭވީގެ މަނަވަރާ އެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޝިޕްތައް، ވަނީ ހަރަކާތްތެރިވެފައެވެ. ސަވައިލަންސް އެ އޮޕަރޭޝަންގައި ރާއްޖޭގެ ޚާއްސަ އިގަތިސާދީ ސަރަހައްދުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގަމުންދޭތޯ ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.