
ދިވެހިސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ބާއްވަން އުޅުނު ސިފައިންގެ "126 ރަން" ކެންސަލް ކޮށްފިއެވެ. ރަން ކެންސަލްކުރީ ހިތަދޫ ފުއްޓަށް ދެކުއްޖަކު ގެއްލިގެން ހޯދަމުންދާތީއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެކުދިންނަކީ ހިތަދޫ ސްކޫގައި ކިޔަވަމުންދާ ދެކުދިންނެވެ.
"ހިތަދޫ ދެކުއްޖަކު ހިތަދޫ ފުއްޓަރު ފަރާތަށް ގެއްލި އަދިވެސް ފެނިފައިނުވާތީ އެކަމުގައި ގިނައަދަދެއްގެ ސަދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވާތީ އެމްއެންޑީއެފް "126 ރަން" މިއަދު ނުބާއްވާ ގޮތަށްވަނީ ހަމަޖެހިފައި. ދެން ރަން ބާއްވާނެ ތާރީޚެއް ފަހުން ހިއްސާކުރާނަން،" އެމްއެންޑީއެފުން ވިދާޅުވިއެވެ.