ކެމީލާ ކޮއެލޯގެ 1.3 މިލިއަން ޑޮލަރުގެ ހެދުން

ބްރެޒިލްގެ ބްލޮގަރ، ކެމީލާ ކޮއެލޯ އަކީ ފެޝަން އަދި ފަރިވުމާއި ރީތިވުމުގެ ދާއިރާގައި ދުނިޔޭގެ ގިނަ ބަޔަކަށް ނުފޫޒު ފޯރުވާ ފަރާތެކެވެ. މިދިޔަ ހަފްތާގައި އޭނާވަނީ އަނެއްކާވެސް މީޑިއާގެ ސަމާލުކަން ހޯދާފައެވެ.

އުމުރުން 30 އަހަރުގެ ކެމީލާއަށް މިފަހަރު މީޑިއާގެ ސަމާލުކަން ހުއްޓުނީ ފްރާންސްގައި ކުރިއަށްދާ ކޭންސް ފެސޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާ ލައިގެން ހުރި ހެދުމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ހެދުމުގެ އަގަކީ 1.3 މިލިއަން ޑޮލަރެވެ. މި ހެދުމަކީ ރަލްފް އެންޑް ރޫސޯގެ އޯޓް ކުޓޫއަރ ހެދުމެކެވެ.

ކެމީލާގެ ހެދުމަކީ ސްޓްރެޕްލެސް ހެދުމެކެވެ. ހެދުމުގައި ފަށުވިން ފޮތީން ހަދާފައިވާ 7 ފޫޓުގެ ޓްރެއިން އެއް ހަރުކޮށްފައިވެއެވެ. މި ހެދުން ތައްޔާރު ކުރުމަށް 500 ގަޑިއިރު ހޭދަކޮށްފައިވެއެވެ. ޕްރިންސް ހެރީ އާއި މެގަން މާކެލް އެންގޭޖްމަންޓް ފޮޓޯ ޝޫޓަށް މެގަން ޚިޔާރު ކޮށްފައިވަނީ ވެސް ރަލްފް އެންޑް ރޫސޯގެ ހެދުމެކެވެ. އެ ހެދުމުގެ އަގަކީ 75,000 އެމެރިކާ ޑޮލަރެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިމަހުގެ 19ވަނަ ދުވަހު އޮންނަ ކައިވެނީގެ ރަސްމިއްޔާތަށް މެގަން ގެ ހެދުން ތައްޔާރުކުރަނީ ވެސް ރަލްފް އެންޑް ރޫސޯ އެވެ.   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.