ޖޭޕީގެ ކެންޑިޑޭޓަކާ ވާދަނުކުރާނެ ކަމުގެ ޔަގީންކަން އޮންނާނެ: އުމަރު

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިޔަސް ޖުމްހޫރީ ޕާޓީއިން ކެންޑިޑޭޓަކު ނެރޭ ކަމަށްވާނަމަ އެބޭފުޅަކާ ވާދަ ނުކުރައްވާނެ ކަމަށް ޖޭޕީގެ މެންބަރު އަދި ގާސިމް އިބްރާހީމްގެ އެޑުވައިޒަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވައިފައިވާ އުމަރު ވިދާޅުވީ ރައީސް ކަމަށް ކުރިމަތި ލައްވަން ނިންމެވުމުން ޖުމްހޫރީ ޕާޓީން އެކަމަށް ނުރުހުމުގެ ގޮތުން އަދި ރުހުމުގެ ގޮތުންވެސް އަދި އެއްޗެއް ވިދާޅުނުވާ ކަމަށެވެ.

"ޖޭޕީއިންވެސް އަދި އެހެން ފަރާތަކުންވެސް ނެތް އެއްވެސް ޕްރެޝަރެއް. ޖޭޕީއަށް އޮންނާނެ ޔަގީން ކަމަކީ ޖޭޕީގެ ކެންޑިޑޭޓަކާ އަޅުގަނޑު ވާދައެއް ނުކުރާނެކަން މި އިންތިޚާބަކުއެއް. އެހެންވީމާ މައްސަލައެއް ނެތްތާ ޖޭޕީއަކަށް. އެކަމަކު ޖޭޕީ ގަސްތުކުރީ އެމްޑީޕީ ފަހަތުންދާން ކަމަށް ނިންމައިފިއްޔާ އަޅުގަނޑެއް ނުހުންނާނެ. އެ ނިންމުމަކަށް އަޅުގަނޑެއް ތާއިދެއް ނުކުރާނަން. ޖޭޕީއާއެކު ހުންނާނީ އެ ޕާޓީ އަމިއްލަ ފައިމަތީގައި ހިނގާހާ ހިނދަކު،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖޭޕީ އިން އެމްޑީޕީ ވިޔަސް ޕީޕީއެމް ވިޔަސް އަދި ކޮންމެ ޕާޓީއެއް ވިޔަސް ރިޔާސީ އިންތިޚާބުގައި "ފޮލޯ ކުރާ" އުސޫލެއް ގެންގުޅޭ ކަމަށްވާނަމަ އެއަށް ތާއީދު ކުރެވެން ނޯންނާނެ ކަމަށެވެ.

އުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނުކުމެ ވަޑައިގަންނަވާނީ ރައްޔިތުންނަށް ފައިދާހުރި މެނިސްފެސްޓޯއަކާއެކު ކަމަށެވެ. މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.