ތ. ވޮލީ މުބާރާތް: އަންހެން ޑިވިޝަންގެ ފައިނަލަށް މަޑިފުށި ދަތުރު ކޮށްފި

ކޮޅުމަޑުލު އަތޮޅުކައުންސިލްގެ ފަރާތުން އެއަތޮޅު ރަށްރަށަށް ޚާއްސަ ކޮށްގެން ބާއްވާ "ކޮޅުމަޑުލު ވޮލީ މުބާރާތް 2018" ގެ މިއަދު ހެނދުނު  ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ފިރިހެން ޑިވިޜަންގެ 2 ޓީމް ކަމުގައިވާ ހިރިލަންދުއާއި، މަޑިފުށްޓެވެ.

އެ މެޗް ސީދާ 3 ސެޓުން ކާމިޔާބުކުރީ ހިރިލަންދޫ އެވެ. އެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ހިރިލަންދޫ ޓީމްގެ ޖާރޒީ ނަމްބަރ 10 އަޙުމަދު ޢަބްދުލްކަރީމެވެ.

ހެނދުނު ކުޅުނު 2 ވަނަ މެޗްގައި ބައްދަލުކުރީ އަންހެން ޑިވިޜަންގެ 2 ޓީމް ކަމުގައިވާ މަޑިފުށްޓާއި، ވިލުފުށްޓެވެ. އެ މެޗް ސީދާ 3 ސެޓުން ކާމިޔާބުކުރީ މަޑިފުށްޓެވެ. މިނަތީޖާއާއެކު އަންހެން ޑިވިޝަންގެ ފައިނަލަށް މަޑިފުށި ވަނީ ހޮވިފައެވެ.

މުބާރާތުގައި މިއަދު ހަވީރު އޮންނަ މެޗްގައި ބައްދަލުކާނީ ފިރިހެން ޑިވިޝަންގެ 2 ޓީމް ކަމުގައިވާ ގުރައިދުއާއި، ބުރުންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.