
ޅުމަޑުލު އަތޮޅުކައުންސިލްގެ ފަރާތުން އެއަތޮޅު ރަށްރަށަށް ޚާއްސަ ކޮށްގެން ބާއްވާ "ކޮޅުމަޑުލު ވޮލީ މުބާރާތް 2018" ގެ މިއަދު ހެނދުނު ކުޅުނު މެޗްގައި ބައްދަލުކުރީ އަންހެން ޑިވިޝަންގެ 2 ޓީމް ކަމުގައިވާ މަޑިފުށްޓާއި ވަންދޫ އެވެ.
އެ މެޗް 1 - 3 ސެޓުން ކާމިޔާބުކުރީ މަޑިފުށީ ޓީމެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މަޑިފުށީ ޓީމްގެ ޖާރޒީ ނަމްބަރ 10 ޕްރިޔަންކާ ޕްރޭނާ އެވެ.
މުބާރާތުގައި މިއަދު ހަވީރު އޮންނަ ފިރިހެން ޑިވިޝަންގެ މެޗުގައި ބައްދަލުކުރާނީ ގުރައިދޫ އަދި ވިލުފުށީ ޓީމެވެ.
ތޭރަ ދުވަހަށް ދެމިގެންދާ މިމުބާރާތުގައި ރާއްޖޭގެ ޤައުމީޓީމްގެ މަޝްހޫރު ކުޅުންތެރިން ބައިވެރިވެއެވެ. އޭގެތެރޭގައި އަލީ ހުޒާމް، ޙަސަން ނިލާމް، އަޙުމަދު ޢަބްދުލްކަރީމް، އައިޝަތު މާޖިދާ، އާމިނަތު އަރީޝާ، ފާޠިމަތު މަޒިއްޔާ، މަރިޔަމް އަޒީފާ ފަދަ ކުޅުންތެރިން ހިމެނެއެވެ. އޭގެ އިތުރުން އަވަށްޓެރި ގައުމުތަކުގެ ގައުމީ ޓީމް ތަކުގެ ފާހަގަކޮއްލެވޭ ބައެއް ކުޅުންތެރިން ހިމެނެއެވެ.
މިމުބާރާތުގައި ޖުމްލަ 9 ޓީމް ބައިވެރިވެއެވެ. އެއީ އަންހެން ޑިވިޝަންގެ 4 ޓީމާއި ފިރިހެން ޑިވިޝަންގެ 5 ޓީމެވެ.