ރަޝްމުގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވައިފި

މިއަހަރު މާޗުމަހު 10 ވަނަ ދުވަހު އައްޑޫސިޓީ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓުގައި މަރުވި ހިތަދޫ، ނޫމުގުމާގޭ މުހައްމަދު ރަޝްމު ރިޔާޒުގެ މަރުގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެ މައްސަލަ ޕީޖީއަށް ފޮނުވައިފައިވަނީ އެޕްރީލް 18 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި އޭނާ ނިޔާވީ ބާރަށް ދުއްވާފައި ދިޔަ ކާރެއް އޭނާ ދުއްވި ސައިކަލުގައި ޖެހިގެންނެވެ. އުމުރުން 28 އަހަރުގެ ރަޝްމު ނިޔާވި އެކްސިޑެންޓު ހިނގައިފައިވަނީ ލިންކު ރޯޑުގެ ފަޅުރަށްތައް ހިމެނޭ ސަރަހައްދުގައެވެ.

އެ މައްސަލައިގައި ދައުވާ ކުރަނީ ކާކުގެ މައްޗަށް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް ބެލެވޭ ގޮތުގައި ދައުވާ ކުރަނީ އެދުވަހު ކާރު ދުއްވަން އިން މީހާގެ މައްޗަށެވެ.

އެކްސިޑެންޓުވިއިރު އޭނާގެ އަތުގައި ލައިސަންސްވެސް ނެތްކަމަށް ވެއެވެ. އަދި އޭނާ އަތުން ވަރަށްފަހުންވެސް ވަނީ ލަންކާގައި ބޮޑު އެކްސިޑެންޓެއް ވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.