
އައްޑޫގައި ރޭ ހިނގި މާރާމާރީގައި ޒަޚަމްވި ޒުވާނާ ނިޔާވެއްޖެއެވެ.
އައްޑޫ ސިޓީގައި ދެ ގުރޫޕެއް ދެމެދު ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުން ހާލު ސީރިއަސްވެގެން ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވަނީ ޢުމުރުން 21 އަހަރުގެ ފިރިހެނެކެވެ.
އައްޑޫ ސިޓީ ފޭދޫގައި ރޭ ދަންވަރު ހިނގި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުން އޭނާގެ އަތުގެ މުލައްދަނޑިއާއި ބުރަކަށްޓައް ފުން ޒަޚަމްތަކެއް ލިބިފައިވާއިރު، ފަރުވާ ދެމުންދިޔައީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ.