
އައްޑޫ ސިޓީ ފޭދޫ ބަނދަރާ ދިމާއިން ލިންކުރޯޑުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފޭދޫ އަބްދުﷲ މަނިކުފާން (ހޯޑެއްދޫ މަނިކުފާން) އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އޭނާ ނިޔާވީ އެޗުއާރުއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ. މިރޭ އިރާކޮޅު މި އެކްސިޑެންޓް ހިނގީ އަބްދުﷲ މަނިކުފާން ދުއްވާފައިދިޔަ ބައިސްކަލުގައި ކާރަކުން ޖެހިގެންނެވެ.
އެޗުއާރުއެޗުން އިރާކޮޅު ވިދާޅުވީ އޭނާގެ ހާލު ސީރިއަސް ކަމަށެވެ. އެހެންނަމަވެސް ވެފައިވާ އަނިޔާގެ ތަފްސީލް އެވަގުތު ދެވޭކަމަށްނެތް ކަމަށެވެ. އެކަމުގެ ތަފްސީލް އަދިވެސް ލިބޭގޮތެއް ނުވެއެވެ.