ސައިކަލަކުން ޖެހި އަންހެނަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ދުއްވައިފައިދިޔަ ސައިކަލަކުން އަންހެނެއްގެ ގައިގައި ޖެހީ އެމީހާއަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެ ހާދިސާގައި އެމީހާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއްނެތް ކަމަށެވެ. ފުލުހުން ވިދާޅުވީ އަނިޔާވެފައިވަނީ އުމުރުން ދުވަސްވީ އަންހެނަކަށް ކަމަށެވެ. އެ ހާދިސާއަށްފަހު އެ އަންހެންމީހާގެ އިތުރަށް ސައްކަލް ދުއްވި މީހާވެސް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި ބިނާކޮށްފައިވާ ވަގުތީ މިސްކިތް ކައިރިން އަސްރުމާ ހިމގުމުގައި ކަމަށެވެ. ހާދިސާގެ މައުލއޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 7:35 އެހައިކަންހާއިރު އެވެ.

އެދެމީހުންނަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް ލިބޭ ގޮތެއް ނުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.