
އައްޑޫސިޓީ މަރަދޫ ސްލިޕްވޭ ކައިރީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
މިއެކްސިޑެންޓް ހިނގީ ދެ ސައިކަލެއް ޖެހިގެންނެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 7:13 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލައިފައެވެ. އެމީހުންނަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް އެޗުއާރުއެޗުން ވިދާޅުވިއެވެ.
މި އެކްސިޑެންޓްވި ދެ ސައިކަލް ދުއްވި ދެ މީހުންކުރެ މީހެއްގެ އަތުގައި ލައިސަންސް ނޯންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.