
އަހަރެން ރަޙްމަތްތެރިޔާ ގާތު ބުނީމެވެ.
އަހަރެންގެ ދަރިން އޮރިޔާން ވެބްސައިޓުތަކަށް ވަންނަނީއެވެ.
އެކަން ހުއްޓުވޭނޭ ގޮތެއް ނެތެވެ.
މި އުޅެނީ ހަދާނޭ ގޮތެއް ނޭނގިގެންނެވެ.
ބުނެބުނެ އެކަން ހުއްޓޭނޭ ގޮތެއް ނުވިއެވެ.
ރަޙްމަތްތެރިޔާ ބުންޏެވެ.
ތިޔައީ ކަލޭގެ މައްސަލައެކެވެ.
ތަރުބިއްަތުގެ މައްސަލައެކެވެ.
އަހަރެންގެ ދަރިންނެއް ތިޔަ ކަހަލަ އެއްޗިއްސެއް ނުބަލައެވެ.
ދެން އޮތީ އެންމެ ގޮތެކެވެ.
ދިރާގަށް ގޮސް ތިޔަ ވާހަކަ ދައްކާށެވެ.
އަހަރެން ދިރާގަށް ހިނގައްޖައީމެވެ.
ކައުންޓަރުގައި އިން ކުއްޖާ ގާތު މި ވާހަކަތައް ދައްކައިފީމެވެ.
އޭނާ ބުންޏެވެ.
ތިޔައީ އެއްވެސް ކަމެއް ނޫނެވެ.
އަޅުގަނޑުމެންގެ ޕޭރަންޓަލް ލޮކް ގެ ޚިދުމަތް ހޯއްދަވާށެވެ.
އޭރުން އެކަހަލަ ސައިޓުތަކަށް ނުވަދެވޭ ގޮތް އަޅުގަނޑުމެން ހަދައިދޭނަމެވެ.
ތަޅެއް ލައި ދޭނަމެވެ.
ފުރަތަމަ ދައްކަން ޖެހޭނީ ސަތޭކަ ރުފިޔާއެވެ.
ދެން ދައްކަން ޖެހޭނީ މަހަކު އެންމެ ފަންސަވީސް ރުފިޔާއެވެ.
އަހަރެން އެ ބުނާ ޕޭރަންޓަލް ލޮކްގެ ޚިދުމަތް ހޯދައިގެން ނުކުމެއްޖައީމެވެ.
ސައްތައިންސައްތަ މުސްލިމް ގައުމެއްގައި އޮރިޔާން ނުފެންނަ ގޮތް ހެދެނީ ފީ ދައްކައިގެންނެވެ.