ފުލުހުންގެ ތަހުގީގަށް މީހަކު ހޯދަން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ އެމީހަކީ ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކާރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއް ކަމަށެވެ.
އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާ އަށް ވަނީ އަންގައި އިއުލާނުކޮށްފައެވެ.
ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވަނީ އަޙްމަދު ޝާހީން، ތ. ގުރައިދޫ / ވިނަރެސް (36އ) އެވެ. އޭނާ ހާޒިރުވާންޖެހެނީ ގއ. ދާންދޫ ޕޮލިސް ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް 2024 ފެބްރުއަރީ 12 ވަނަ ދުވަހުގެ 13:00އަށެވެ.