އިނގިރޭސި ސަރުކާރުން ބޭއްވި ހެނދުނުގެ ނާސްތާއެއްގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގެންފި

އިނގިރޭސި ސަރުކާރުން ބޭއްވި ހެނދުނުގެ ނާސްތާއެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މިއީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް)، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ޕާޓްނަރުން އަދި ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް އިނގިރޭސި ސަރުކާރުގެ ފަރާތުން ބޭއްވި ނާސްތާއެކެވެ.

ހުކުރުދުވަހު ދެއްވި ހެނދުނުގެ ފަރިއްކޮޅުގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.

ލަންޑަނުގެ ލެންކަސްޓަރ ހައުސްގައި ބޭއްވި ހެނދުނުގެ ފަރިއްކޮޅަކީ ސިޑްސްގެ 4 ވަނަ ބައްދަލުވުން 2024 ވަނަ ކާމިޔާބުކަމާއެކު ބޭއްވުމަށް އިނގިރޭސި ސަރުކާރުންދޭ އިސްކަން ފާހަގަކުރުމުގެ ގޮތުން ބޭއްވި ފަރިއްކޮޅެކެވެ.

މި މެއިމަހުގެ 6 ވަނަ ދުވަހު ވެސްޓްމިންސްޓަރ އެބީގައި ބާއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.