ކުރިން ވިސާ ނުނަގާ ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓަށް އިތުރު ގައުމެއް

ކުރިން ވިސާ ނުނަގާ ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓަށް ކްރިގިސްތާނު އިތުރުވެއްޖެ އެވެ.

އޮން އެރައިވަލް ވިސާ ގައި ރާއްޖެއާއި ކްރިގިސްތާނާއި ދެމެދު ދަތުރުކުރެވޭ ގޮތަށް ވެވުނު އެއްބަސްވުމެއްގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ކިރިގިސްތާނުގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު ޒީންބެކް ކުލުބައެވް އެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުން އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި ވިސާ ނެތި 30 ދުވަހަށް އެތެރެ ވެވޭނެ ކަމަށެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ޓްރާންސިޓް ކުރުމުގައި ވެސް ވިސާ ނަގަން ނުޖެހޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ވިސާއާ ނުލައި ދަތުރުކުރެވޭ ނުވަތަ އޮން އެރައިވަލް ވިސާ ލިބޭ ގައުމުތަކުގެ ތެރޭގައި ތުރުކީ، ތައިލެންޑް، އަދި ކަޒަކިސްތާނު ހިމެނެ އެވެ. އަދި ޔޫރަޕުގެ އިތުރު ގައުމުތަކަށް ވެސް ކުރިން ވިސާ ނެގުމެއްނެތި ދަތުރުކުރެވޭ ގޮތް ސަރުކާރުން ހަމަޖައްސައިދެއްވާފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.