އޯ.އޭ.ސީ.ޕީ.އެސް. ގެ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުން ދޭނެ: ޝާހިދު

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ މެމްބަރު ޤައުމުތަކަށް ކުރިމަތިވެފައިވާ އެއްގޮތް ގޮންޖެހުންތައް

ޙައްލުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު (ނ.ޢ.ޢ.ވ) ދެއްވައިފި އެވެ.

އެމަނިކުފާނު މި ޔަޤީންކަން ދެއްވީ މިއަދު އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ (އޯ.އޭ.ސީ.ޕީ.އެސް.) ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގެން ދެއްވި ޤައުމީ ބަޔާނުގަ އެވެ.

މި ސަމިޓުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ޙައިޞިއްޔަތުން ނެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު ދެއްވި ޤައުމީ ބަޔާނުގައި އެމަނިކުފާނު ވަނީ، ޖިއޮގްރަފީގެ ގޮތުން ދުރުގައި އޮތް ނަމަވެސް ރާއްޖެ އާއި އޯ.އޭ.ސީ.ޕީ.އެސް. ގެ މެންބަރު އެހެން ޤައުމުތައް އަބަދުވެސް ގުޅިފައިވަނީ އެއްގޮތް އަސާސްތަކާއި ގޮންޖެހުންތަކުގެ މައްޗަށް ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ވާހަކަފުޅުގައި، މިގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ދިވެހިރާއްޖޭގެ ތަޖުރިބާ ޚިއްޞާކޮށް، އެ ޖަމުޢިއްޔާގެ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަޤިންކަން އަރުވާފައި ވެއެވެ. އަދި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލުމަށާއި، އެ ޖަމުޢިއްޔާގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަށް މަރުޙަބާ ދެންނެވިކަމަށްޓަކައި ހުރިހާ މެންބަރު ޤައުމުތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

އޯ.އޭ.ސީ.ޕީ.އެސް. ގެ މެންބަރު ޤައުމަކަށް ރާއްޖެ ވީ އެ ޖަމުޢިއްޔާގެ ހުރިހާ މެންބަރު ޤައުމުތަކުގެ އިއްތިފާޤުންނެވެ. (ތީމް) މި ޝިޢާރުގެ ދަށުން ބާއްވާ އޯ.އޭ.ސީ.ޕީ.އެސް. ގެ އެންމެ އިސްވެރިންގެ 10 ވަނަ ބައްދަލުވުން ކުރިއަށްދަނީ މިހިނގާ ޑިސެންބަރު މަހުގެ 6 އިން 9 އަކަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.