ގޮޓާބަޔާ އާއި އޭނާގެ އަނބިކަނބަލުން ރާއްޖޭގައި މަޑުކުރެއްވީ ޓްރާންސިޓް ޕަސިންޖަރުންގެ ގޮތުގަ: ފޮރިން މިނިސްޓްރީ

ފޮޓޯ: ރައީސް އޮފީސް

ގޮޓާބަޔާ އާއި އޭނާގެ އަނބިކަނބަލުން ރާއްޖޭގައި މަޑުކުރެއްވީ ޓްރާންސިޓް ޕަސިންޖަރުންގެ ގޮތުގައި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިކަން ހާމަކޮށްފައިމިވަނީ ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އާއި ޢާއިލާ އަދި ދެ ބޮޑީގާޑުން، ލަންކާ އިން ފިއްލަވައިގެން ރާއްޖެ އައުމާއިގުޅޭގޮތުން ނެރުނު ބަޔާނުގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ގޮޓަބަޔާ އާއި އޭނާގެ އަނބިކަނބަލުން ދަތުރުކުރި، ލަންކާ އެެއަރފޯސް އަށް ޑިޕްލޮމެޓިކް ކްރިއަރެންސް ރާއްޖެއިން ދިނީ ސްރީލަންކާގެ ސަރުކާރުން އެކަމަށް އެދިލެއްވުމުން ކަމަށެވެ.

ގޮތަބަޔާ ލަންކާއިން ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމާއެކު ދިވެހި ނޫސްވެރިންނާއި ޢާންމުން އެކަމަށް ސުވާލު އުފައްދަމުން ދިޔަނަމަވެސް ޚާރިޖިއްޔާ އިން މިހައިތަނަށް ހަނުއޮތުމަށްފަހު ބަޔާނެއް ނެރެފައިވަނީ ގޮޓަބަޔާ ރާއްޖޭގައި 33 ގަޑިއިރު މަޑުކުރެއްވުމަށްފަހު، ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެންނެވިފަހުންނެވެ.

އެކަމާއި ގުޅިގެން ދިވެހި ޚާރިޖީ ވުޒާރާއިން އެއްޗެއް ބުނަން އެވަގުތު ބޭނުން ނުވާކަމަށް ބުނެފައިވާއިރު، ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ ގޮޓަބަޔާ ރާއްޖެ ވަޑައިގަންނަވާކަން އެނގިފައިނުވާކަމަށެވެ.

ރައީސް އޮފީހާއި ފުލުުހުންނާއި އެމްއެންޑީއެފުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ގޮޓަބަޔާ ގައުމަށް ފިއްލަވައިގެން ރާއްޖެ ވަޑައިގެން ރާއްޖޭގައި މަޑުކުރުުމުގެ ހުއްދަ ދިވެހި ސަރުކާރުން ދިނުމުން ސްރީލަންކާގެ އާންމުން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ގޮތާބޭ ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހު އެގައުމުގެ ރައްޔިތުން މަގުތަކަށް ނިކުމެ ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި އޭނާގެ އޮފީސް މުޒާހިރީން ހިސޯރުކުރުމުންނެވެ.

އެއަށްފަހު މި މަހުގެ 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެ 13 ވަނަ ދުވަހު ވަޑައިގެންނެވީ ރާއްޖެއަށެވެ. ރާއްޖެ އައިސްވެސް އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. އިސްތިއުފާ ދެއްވީ އިއްޔެ ސިންގަޕޫރަށް ވަޑައިގެން ސިންގަޕޫރުގައި ހުންނަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.