(11 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ފަރުޒަނާއޭ؟" ބާދްޝާ ލޯ އަޅައިލިއެވެ. "އަހަރެންގެ ކުރިމަތީގައި އޭނާގެ ވާހަކަ ނުދައްކާ."
ނިސާރު ކަންބޮޑުވެފައި ބުނެލިއެވެ. "އެކަމަކު ކަލޭ އޭނާގެ ފަހަތުން ހޭބަލިވެގެން ދުވަމެއްނު."
"މިއަދުން ފެށިގެން ދުވުން ހުއްޓުނީ." މިހެން ބުނެފައި ބަދަން ގެންނާށޭ ވޭޓަރު ގާތު ބުނުމަށް ފަހު އަނެއްކާވެސް ނިސާރާ ދިމާއަށް ބަލައިލިއެވެ. "އާނ... ތިޔަ ކިޔަނީ ކީކޭ؟"
ނިސާރު ބުންޏެވެ. "މިއަދު އަހަރެން ފަރުޒާނާ..."
"ދުށީމޭ ދޯ؟" ބާދްޝާ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އަހަރެންވެސް ދުށިން. ފެންނަ ކޮންމެ ދުވަހަކު އޭނާ ހަދާ ގޮތަކީ އަހަންނަށް ރޯމާދުވާލު އުޑުމަތިން ތަރި ފެންނަ ގޮތް ހަދައިލާފައި ފިލަނީ. އަހަރެން ބޭނުންވަނީ އޭނާގެ ކުރިމައްޗަށް އަރައި އަނގަ ފުރެންދެން ބަވަން. އެކަމަކު އެއީވެސް ނުބައި ކަމެއްނު؟ އަހަރެމެން ﷲ ގެ ނަންފުޅުވެސް ނެރެނީ މި އަނގައިން. ރާވެސް ބޮއިގެން ނުވާނެ. އަހަރެން ގެއަށް ދަނީ."
ވޭޓަރު ބަދަން ތަށްޓެއް ގެނެސް މޭޒުމަތީގައި ބަހައްޓައިފިއެވެ. ނިސާރު ބިލަށް ފައިސާ ދައްކައިފައި ބުންޏެވެ. "ބާދްޝާ. މިހާރު ތިޔަ އަމަލު ވަނީ. ދެން ހުއްޓައިލާ."
ބާދްޝާ ހީނގެންފިއެވެ. "ރާ ހުންނަނީ ފުޅީގައި. ފުޅި އަމަލު ނުވާއިރު އަހަރެމެން އަމަލުވާންވީ ކީއްވެގެން؟ އަހަރެން ނަށަނިކޮށް ފެންނަނީތަ؟"
އޭނާ ތަށްޓަށް އެތިފޮދެއް އަޅަމުން ނިސާރަށް އިޝާރާތް ކޮށްފައި ކައިރިއަށް ޖެހިލާށޭ ބުނެފިއެވެ. ނިސާރު ކުޑަކޮށް ގުދުވެލީމާ ބުންޏެވެ. "އަހަރެން ފަރުޒާނާއަށް ނަފުރަތު ކުރަން. އޭނާ ކަލެއަށް ފެނުނީ ކޮން ތަނަކުން ހެއްޔޭވެސް އަހަރެން ނާހާނަން."
"އެންމެ ރަނގަޅު." ނިސާރު ސީދާވެލިއެވެ.
ބާދްޝާ އެތިފޮދެއް ބޮއިލުމަށް ފަހު ތުން ފުހެލިއެވެ. "ޝް... ޝް..." އަނެއްކާވެސް ނިސާރަށް އިޝާރާތް ކޮށްލީމާ އޭނާ ގުދުވެލިއެވެ. "އާނ... ބުނޭ."
"ނުބުނާނަން."
ބާދްޝާ ތަންކޮޅެއް މަޑުމަޑުން ބުނެލިއެވެ. "އޭނާ ފެނުނީ ކޮން ތަނަކުންނޭ؟ ކަލޭ ވާހަކަ ދައްކާ. އަހަރެން އަޑެއް ނާހާނަން. އަހަރެން އޭނާއަށް ނަފުރަތު ކުރަން. އެކަމަކު ކަލޭ ނަފުރަތެއް ނުކުރަމެއްނު؟ އެހެންވީމާ ކަލެއަށް އޭނާގެ ވާހަކަ ދެއްކިދާނެ. އަހަރެން އެއްގޮތަކަށްވެސް އަޑެއް ނާހާނަން."
"އޭތް. ދެން ހުއްޓައިލާ. ފުޅި ހިފައިގެން ގެއަށް ގޮސް ބޮއިލާ."
ބާދްޝާ ތަށި އެކީގައި ހުސްކޮށްލިއެވެ.
ނިސާރު ބިރުގެންފައި ބުނެލިއެވެ. "ކަލޭގެ އޮންނާނީ ބަނޑެއްތަ؟ ތާނގީއެއްތަ؟ އަޅަމުން ތިޔަ ގެންދަނީ ހާދަ ވަރަކަށޭ."
"އަހަރެން ބުނީ ކީކޭ؟ އަހަރެން ތަޅުވައި، ދުއްވައި ހަދާ މީހާގެ ވާހަކަ ނިކަން ދައްކަބަލަ. އަހަރެން އަޑެއް ނާހާނަމޭ."
ބާދްޝާ އެއް ކަންފަތްމަތީގައި އަތް އަޅައިފިއެވެ. އަނެއް އަތުން ފުޅި ނަގަން އުޅުމާއެކު ނިސާރު އަވަސްއަވަހަށް ފުޅި ނަގައިފިއެވެ. "މިތަނުން ނުކުންނަން ހިނގާ. ކާރަށް އަރައި ކިޔައިދޭނަން."
"ހިނގާ." އޭނާ ކާލިއަޅަމުން ކުރިއަށް ހިނގައިގެންފިއެވެ. ނިސާރު އޭނާ އަތުލަފިކޮށްލިއެވެ. އެވަގުތު ވޭޓަރު އަނެއްކާވެސް ބަދަންތަށްޓެއް ހިފައިގެން އަތުވެއްޖެއެވެ. ބާދްޝާ ޖީބުން ފަސް ރުފިޔާ ނަގައި ވޭޓަރަށް ދީފައި ބުންޏެވެ. "މި ފަސް ރުފިޔާ ބާއްވާ. ބަދަންކޮޅު ގެންގޮސް ކަލޭގެ ބައްޕައަށް ކާންދީ."
ނިސާރު އެގޮތަކުން މިގޮތަކުން ބާދްޝާ ގޮވައިގެން ކާރާ ހަމައަށް އަތުވެއްޖެއެވެ.
"ބާދްޝާ. ލުނބޯހުތްފޮދެއް ބޮއިލާ. އޭރުން ހަމަޔަކަށް އެޅިދާނެ."
ބާދްޝާ ނިސާރުގެ އަތުގައި އޮތް ފުޅި ޖަހައިގެންފިއެވެ. އަދި ކާރުގެ ކުރިއަށް އަރައި އިށީނދެއްޖެއެވެ.
ނިސާރު ބުނެލިއެވެ. "ތިޔަ ހާލުގައި އިނދެގެން ކާރު ދުއްވޭތަ؟ އަހަންނެއް ނާރާނަން. އަހަރެން އަދި މަރުވާކަށް ބޭނުމެއް ނޫން."
"އަނގަ ގަދަ ނުކޮށް ފަހަތަށް އަރައި އިށީނދެ ވާހަކަފަށްޓާ. އަހަރެން އަޑު އަހަމުން ކާރު ދުއްވާނަން."
ނިސާރު އޭރު ހުރީ ކުރީ ދޮރު ހުޅުވައިގެންނެވެ. ބާދްޝާ އެހެން ބުނީމާ އެ ދޮރު ލައްޕައިލުމަށް ފަހު ގޮސް ފަހަތު ދޮރު ހުޅުވައިލިއެވެ. އަދި ކާރަށް ނާރައި ދޮރު ލައްޕައިފިއެވެ. ބާދްޝާ ކާރު ދުއްވާލައިފިއެވެ. މަޑުމަޑުން ގޮސް ދުވެލި ބާރުވެސް ކޮށްލައިފިއެވެ.
ކާރުތެރެއަށް އޮތީ ހިމޭންކަން ވެރިވެފައެވެ. ބާދްޝާ ހަލުވިކޮށް އެސްފިޔަ ޖަހަމުން ކުރިއަށް ބަލަހައްޓައިގެން އިނެވެ. އޭނާ އިނީ ނިސާރުގެ ފުށުން ފަރުޒާނާގެ ވާހަކަ އިވޭނޭ ކަމުގެ އިންތިޒާރުގައެވެ. އެތައް އިރަކު އިންތިޒާރު ކުރުމަށް ފަހު އެންމެ ފަހުން ބުނެލިއެވެ. "ތިޔަހައި މަޑުން ވާހަކަ ދެއްކީމާ އަހަންނަކަށް އަޑެއް ނީވޭ. ތަންކޮޅެއް ބާރަށް ވާހަކަ ދައްކާ. ކުރިންވެސް ބުނީމެއްނު އަހަރެން އަޑެއް ނާހާނަމޭ."
ކާރު އޮވެގެން ދުވެފައި ދެއެވެ. ބާދްޝާއަށް އޭނާގެ ކުރިމަތިން ފަރުޒާނާގެ ފުސް ސޫރައެއް ފެންނާން ފަށައިފިއެވެ. އެޔާއެކު މަޑުމަޑުން އޭނާގެ ހިތް ހަމަޖެހޭން ފަށައިފިއެވެ. ނިސާރުގެ މަތީން ހަނދާން ނެތޭންވެސް ފަށައިފިއެވެ. މިހާރު އޭނާގެ ސިކުނޑީގައި އޮތީ ހަނދާން ނައްތައިލާން ޖެހޭ މީހާގެ ސޫރައެވެ. ލޯތްބަކީވެސް ވަރަށް އާދަޔާ ޚިލާފު އެއްޗެކެވެ. ބައެއް ފަހަރަށް ބޮޑު އިފުރީތަކަށް ވެގެން އައިސް ހަނދާނުގެ ތޫނު ވަކިތަކުން މުޅިމީހާ ނޮޅައި ޒަޚަމްކޮށްލައެވެ.
އޭނާ އަމިއްލަ އަމިއްލައަށް ކިޔާން ފަށައިފިއެވެ. "ފަރުޒާނާ. ތިޔަހެން ނުހަދައި އާދޭ. މަރުވަނީ އެންމެ ފަހަރަކު. އެކަމަކު ފަރުޒާނާ ތިޔަ ހަދާ ގޮތަކުން އަހަރެން ދުވާލަކު އެތައް ފަހަރަކު އެބަ މަރުވޭ. އަހަންނާއި ފަރުޒާނާއާ ދެމެދު އޮތީ ކޮން ދުޝްމިނުކަމެއް؟ ދިރިއުޅުމަކީވެސް ލިބޭ އެންމެ ފުރުސަތެއް. ދެވަނަ ދިރިއުޅުމެއް ނުލިބޭނެ. އަހަންނާ އެކީގައި އެ ބޭއްވީ ކޮން ކަހަލަ އެކުވެރިކަމެއް؟"
ކުއްލިއަކަށް އޭނާގެ ކަންފަތްދޮށުގައި ގުގުމައިގަތީ ފަރުޒާނާގެ ހުނުމުގެ އަޑެވެ. އެ ދުވަހު ކާރުގެ ފަހަތުގައި އިނދެގެން އޭނާ ހޭން ފެށްޓީވެސް އެކަހަލަ ގޮތަކަށެވެ. އޭނާ މަގުގެ އެއް ފަރާތަށް ކާރު ކޮށްލިއެވެ. އަދި އެނބުރި ފަހަތު ގޮނޑިއަށް ބަލައިލިއެވެ. އެކަކުވެސް ނެތެވެ. މަލެއްވެސް ނެތެވެ.
އޭނާ އަނެއްކާވެސް ކާރު ދުއްވައިލިއެވެ. ގެޔާ ހަމައަށް ދެވުނުއިރު އޭނާއަކަށް ރަނގަޅަކަށް ވާނުވާވެސް ނޭނގެއެވެ. ކާރުން ފައިބައިގެން ކާލި އަޅަމުން ގޮސް ފެންޑާއަށް އަރައިފިއެވެ. ޖީބުން ތަޅުދަނޑި ނަގައިފިއެވެ. އެކަމަކު ތަޅެއް ނުފެނެއެވެ. އަތްކާއްތަމުން ގޮސް ތަޅު ފެންނަ ގޮތްވީއިރު ތަޅުދަނޑި އޮތް އަތް ކައްސާލައިފިއެވެ.
އެތައް ފަހަރަކު މަސައްކަތް ކޮށްގެންވެސް ތަޅާއި ތަޅުދަނޑި ދިމާކުރެވޭ ގޮތެއް ނުވިއެވެ. ކުއްލިއަކަށް މަޑުމަޑު އަތަކުން އޭނާގެ އަތުގައި ހިފަހައްޓައިލިއެވެ.
"ކާކު؟"
އެ އަތުން އޭނާގެ އަތުގައި އޮތް ތަޅުދަނޑި އަތުލައިފިއެވެ. އަދި މަޑުމަޑުން އޭނާގެ އަތުގައި ހިފައި އެއް ފަރާތަކަށް ޖައްސައިލިއެވެ. ދެން ފެނުނީ ދޮރު ހުޅުވުނު ތަނެވެ.
"އައީތަ؟ މި ފަހަރު ފިލައިގެން ދިޔަޔަކަ ނުދޭނަން."
އޭނާ ދެ އަތުން ހިފަހައްޓާން އުޅުނީމާ އަރިއަޅާލައިގެން ކަހަލަ ގޮތަކަށް ގޮސް ހުއްޓެވުނީ ގޭތެރޭގައެވެ. އެ ވަގުތު މަޑުމަޑު އަޑަކާއެކު ގޭގެ ބޮކި ދިއްލިއްޖެއެވެ. އޭނާ ފުރަތަމަ ލޯ މަރައިލިއެވެ. ދެން މަޑުމަޑުން ލޯ ހުޅުވައިލުމަށް ފަހު އެނބުރި ބަލައިލިއެވެ. އެހެރީ އޭނާއެވެ. އެ މަކަރުވެރިޔާއެވެ. މިއީ އަނެއްކާ ފެންނަ ހުވަފެނެއް ބާވައެވެ؟
އޭނާ ބޯ ހަލުވައިލިއެވެ. އެ ޚިޔާލެއް ކަމުގައިވާނަމަ ބޮލުން އެ ޚިޔާލު ފޮޅުވައިލެވޭތޯ މަސައްކަތް ކުރިއެވެ. އެޔަށް ފަހު އަނެއްކާވެސް ބަލައިލިއެވެ. "ތެދަށް ބުނޭ. އަހަރެންގެ ކުރިމަތީގައި އެބަހުރިންތަ؟"
އޭނާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
"ދޮގު. ތިޔައީ ހަމަ އޭނާ ކަމުގައި ވަނީވިއްޔާ މޫނުބުރުގާ ކޮބާ؟"
"ހަނދަކަށް ވިލާގަނޑުގެ ނިވަލުގައި، މަލަކަށް ވަސް ފޮރުވައިގެން، ލޯތްބަކަށް ބުރުގާގެ ނިވަލުގައި ނުހުރެވޭނެ."
(ނުނިމޭ)
ހާދަ ހާދަ ލަސްވަނީ
ރުޚުސާނާ ލަންޑަށްދިޔަގޮތަށް ޥާހަކަ ކަރަންޓީނު ކޮށްލީތޯ!؟
Mivaahaka upload vitho komme dhuvakaku eba beley... Naeembey mivaahaka avahah upload kohdhevva... Varah iinthizaar kurevey vaahakaeh mee...
ނައީމްސޯ ތިހެން ނަހައްދަވާ ވާހަަކަ ދެން ގެނަސްދެއްވާ!
haadha lasvanee v. inthizaaru kurevey
ކޮބައިތޯ 94 ހާދަ ލަސް ކުރައްވަނީ؟!
ވާހަކަކަ ވަރަށްރީތި 94 ކޮބާ
Kon irakuntho up vaaaneee.. v kiyaa hithunn mihureee
vvv.reethi shukuru