ފައިނަލުގައި ބޭރުމައްޗާ ދެކޮޅަށް ނުކުންނާނީ ފްރެންޑްސް ކުލަބު

ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕްގެ ފައިނަލުގައި އެފްސީ ބޭރުމައްޗާ ދެކޮޅަށް ނުކުންނާނީ އެފްސީފްރެންޑްސް ކުލަބެވެ. އެ ޓީމު ބޭރުމައްޗާ ވާދަކުރާ ގޮތަށް ހަމަޖެހުނީ ޔަންގްވަންސާ ބައްދަލުކޮށް 6-1 އިން މޮޅުވެގެންނެވެ.

މި މެޗުގައި  ފްރެންޑްސް ކުލަބު ޖެހި 6 ލަނޑުގެ ތެރެއިން 2 ލަނޑު ޖަހައިފައިވަނީ މިރޭގެ މޭން އޮފްދަ މެޗުގެ މަޤާމް ހޯދި އިބްރާހީމް ފުރުޤާނެވެ. މުޙައްމަދު ރިފްއަތާއި، ޙުސައިން ޝަރީފާއި، މުޙައްމަދު ޢިމްރާނާއި، އަޔާޒު އަޙުމަދު މިއިން ކޮންމެ ކުޅުންތެރިއަކުވަނީ ލަނޑެއް ޖަހައިފައެވެ. އިދިކޮޅަށް ކުޅުނު ޔަންގްވަންސްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޢަލީ ޙައިސަމެވެ.

ފައިނަލް މެޗު ކުޅޭނީ ޖޫން 3 ވަނަ ދުވަހުގެ ރޭ 10:00 ގައެވެ. ފައިނަލްމެޗުގެ ފެށުމުގެ ރަސްމިއްޔާތު އެރޭ 9:30 ގައި ފަށާނެ ކަމަށް ގޯދިއްޔާއިން ވަނީ މަޢުލޫމާތު ދީފައެވެ.

މިއީ ގޯދިއްޔާގެ ނަމުގައި މި މުބާރާތް މެދުނުކެނޑި ބާއްވާ 12 ވަނަ އަހަރެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.