ޒެފިއާ ބަލިކޮށް ބޭރުމަތި ތަށި މިލްކު ކުރުމާ ގާތަށް ޖެހިލައިފި

އައްޑޫ ސިޓީ މަރަދޫގައި މިހާރު ކުރިއަށްދާ "ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕް" ގެ ފައިނަލުގެ ފުރަތަމަ ޖާގަ މުބާރާތުގެ ތަށި މިލްކުރަން ނުކުމެފައިވާ އެފްސީ ބޭރުމަތި ހޯދައި ތަށި މިލްކު ކުރުމާ ގާތަށް ޖެހިލައިފިއެވެ.

އެޓީމު ފައިނަލަށް ދަތުރުކުރީ މިރޭކުޅުނު ސެމީގެ ފުރަތަމަ މެޗުގައި އެފްސީ ޒެފިއާ އަތުން 7 ލަނޑު 3 ލަނޑުން މޮޅުވެގެންނެވެ. ފައިނަލުގައި އެފްސީ ބޭރުމަތި ބައްދަލު ކުރަންޖެހޭނީ ސެމީގެ ދެވަނަ މެޗުގައި ޔަންގްވަންސާއި، ފްރެންޑްސް ކުލަބު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މިރޭގެ މެޗުގައި ބޭރުމަތި  ޓީމުގެ ޖާޒީ ނަމްބަރު 9 ޢަލީ ހާފިޒު ވަނީ ތިން ލަނޑު ޖަހައި ހެޓްރިކު ހަދައިފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާއެވެ. އެ ޓީމުގެ އެހެން ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޙަސަން މިރުފާހު އެއް ލަނޑު، ޢަލީ ފަހުމީ އެއްލަނޑު، އިބްރާހީމް ސާމީ އެއްލަނޑު، އިބްރާހީމް މުބީން އަޙުމަދު ލަނޑެކެވެ.

ޒެފިއާގެ 3 ލަނޑުގެ ތެރެއިން 2 ލަނޑު ޖަހައިދީފައިވަނީ ޙަސަން ރާއީފް އަޙުމަދެވެ. އަނެއް ލަނޑު ޖެހީ ޙުސައިން ޒައިނެވެ.

ފައިނަލް މެޗުކުޅޭނީ ޖޫން 3 ވަނަ ދުވަހުގެރޭ 9:30 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.