ނޮޅިވަރަންފަރުގައި ހައުސިން ޔުނިޓުތަކެއް އަޅަން ބަޔަކާ ޙަވާލު ކުރައްވައިފި

ނޮޅިވަރަންފަރުގައި ހައުސިން ޔުނިޓުތަކެއް އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވަނީ: ފޮޓޯ ހައުސިން މިނިސްޓްރީ

ހދ. ނޮޅިވަރަންފަރުގައި 60 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

މިއީ ނޮޅިވަރަންފަރަށް ހިޖުރަ ކޮށްފައިވާ އާއިލާތަކުގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްނުދެވިފައިނުވާ އާއިލާތަކަށް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަށާ މަޝްރޫޢެކެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ސްވިފްޓް އިންޖިނިއަރިންގް އާއި މާރިސް ކޮންސްޓްރަކްޝަން  ގުޅިގެން އުފައްދަވާފައިވާ ޖޮއިންޓްވެންޗަރ ކުންފުންޏަކުންނެވެ.

މި އެއްބަސްވުމުގައި ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓު ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ސައުދުﷲ ޙިލްމީއެވެ. މާރިސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސަޢީދެވެ. ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޚާލިސް ޝަރީފެވެ.

މި މަސައްކަތް ނިންމަން ދީފައިވަނީ އެއް އަހަރެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.