ޕާޓީ އަލުން ރުކުރުވާލުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ޑރ. ޚަލީލް

ޑރ. ޚަލީލް ރައީސް ޢަބްދުﷲ ޔާމީނާ ސަލާމް ކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަނަށް ލިބުނު ނާކާމިޔާބީއަށްފަހު ޕާޓީ އަލުން ރުކުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މިހާރުގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީޖެނެރަލް ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ޕާޓީ ވަރުގަދަ ކުރުމުގެ ގޮތުން ގުޅުން ވަރުގަދަ ކުރުމާއި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކުރިއަށްދާއިރު ކުރަންޖެހޭ މަސައްކަތްތައް އެކުލަވާލުމުގެ ކަންތައްތައް މިހާރު ކުރަމުންދާ ކަމަށެވެ. އޭގެ އިތުރަށް ޕާޓީއަށް ނާކާމިޔާބުވި ސަބަބުން ވެސް ތަފްސީލްކޮށް ދިރާސާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

 "ޕާޓީ ރުކުރުވާލުމޭ އަޅުގަނޑު މިދަންވާ ވާހަކައަކީ ރާއްޖޭގައި އަޅުގަނޑުމެންގެ ސަޕޯޓު ބޭސް އަށް ބަލާއިރު މިފަހަރުވެސް އެމްޑީޕީއަށް މިލިބުނީ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ވޯޓު. އެވަރަށް ވޯޓު ލިބިގެން އެމްޑީޕީ ގެ މެމްބަރުންތަކެއް ހޮވިގެން މިދިޔައީ. ގިނައިން މިތިބީ އެމްޑީޕީއާ ވިސްނުމުގެ ގޮތުން ތަފާތު މީހުން. އެހެންވީމާ އަޅުގަނޑުމެން މިދަނީ ގުޅުން ވަރުގަދަ ކުރުމާއި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކުރިއަށްދާއިރުގައި ކުރަންޖެހޭ މަސައްކަތްތައް އެކުލަވާލުމުގެ ކަންތައްތައް ކުރަމުން. އަދި ޕާޓީއަށް ނާކާމިޔާބުވި ސަބަބުދިރާސާ ވެސް ކުރަމުން،" ޑރ. ޚަލީލް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.