
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނިލަންދޫ ދާއިރާގެ ގޮނޑި މިފަހަރުވެސް ކާމިޔާބު ކުރައްވާނެ ކަމަށް އެދާއިރާގެ ގޮނޑި މިހާރު ވެސް ފުރުއްވަމުން ގެންދަވާ މެމްބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
"މިފަހަރުގެ އިންތިޚާބު ވެސް ވަރަށްވެސް ވާދަވެރިވާނެ. އެހެންނަމަވެސް ﷲގެ އިރާދަފުޅާއި ވާގިފުޅާއެކު ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރަން ކުރަންޖެހުނު ހުރިހާ މަސައްކަތެއް ވެސް ކުރަން ތައްޔާރަށް. އިރާދަ ކުރެއްވިއްޔާ ކާމިޔާބު ވާނެ،" އޭނާ ވިދާޅުވިއެވެ.
މިފަހަރުގެ އިންތިޚާބުގައި ވެސް އޭނާއާ ވާދަކުރައްވަނީ އެންމެފަހުގެ އިންތިޚާބުގައި ވެސް ވާދަކުރެއްވި އެދާއިރާގެ ކުރީގެ މެމްބަރު ޢަބްދުލް މުޙުސިން (ޖޭފޯ) އެވެ. މި ދެބޭފުޅުންނަކީ ޢާއިލީ ގޮތުން ވަރަށްބޮޑަށް ގުޅިފައިވާ ތިމާގެ ދެބޭފުޅުންނެވެ.
މިދެބޭފުޅުން އެ ދެބޭފުޅުން ނިސްބަތްވާ ދާއިރާގެ އިންތިޚާބުގައި އަނެއްކާވެސް ވާދަކުރައްވާތީ މިފަހަރު ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ. އެންމެ ފަހުން މިދޭބެފުޅުން ވާދަކުރެއްވި އިންތިޚާބު ޑރ. ޚަލީލަށް ކާމިޔާބު ކުރެއްވުނީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ.
ތެދުވެރިކަމެއް އަމުދުން ނެތޭ ބިރުވެތި ވުމެއް ވެސް ހަމަ ނެތޭ
ވެދުމެއްކުރާނެ ކަތެއް ނެތޭ ބެދުމުން ހުރަގެ ނޫނީ ނެތޭ