ޒިކާ ވައިރަސްގެ ވާހަކައަކީ މިހާރަކަށްއައިސް ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ދެއްކެމުންދާ ވާހަކައެކެވެ. މި ބަލީގެ ވާހަކަތައް ދެކެވެމުންދާއިރު ޒިކާގެ ތާރީޚާއި، ޒިކާ ވައިރަސް ދުނިޔޭގައި ފެތުރެމުން އައި ގޮތަށް ބަލަލުމަކީ މުހިންމުކަމެކެވެ.
މިހާރު ދުނިޔޭގެ ހަތަރު ބިތަށް ފެތުރިފައިވާ ނުރައްކާތެރި ޒިކާ ވައިރަހަކީ އިއްޔެއަކު މިއަދަކު ދުނިޔެއިން ފެނިފައިވާ ބައްޔެއް ނޫންނެވެ. ޒިކާ ވައިރަސް ފެނިފައިވަނީ މީގެ 69 އަހަރުކުރީން ޔުގާންޑާގައި ދިރިއުޅެމުންއަންނަ އޭޝިޔާއާއަށް ނިސްބަތްވާ ރާމާމަކުނެއްގެ ގައިންނެވެ. އޭރު ޒިކާއަކީ ކިހިނެއްވާ ކޮންބައްޔެއްކަން ދިރާސާ ކުރެވިފައެއްނުވެއެވެ. އަދި މި ރާމާމަކުނު ގައިން ފެނުނު ވައިރަހަށް ދެވުނު ޒިކާގެ ނަން ނިސްބަތްވަނީ ރާމާމަކުނު އެބަލިޖެހުމަށްފަހު އެކަހެރިކޮށް ބޭއްވި ޖަންގަލީގެ ނަންކަމުގައިވާ ޒިކާ ފޮރެސްޓަށެވެ.
މި ބަލި ޖެހުމާއެކު އޭރު ޑޮކްޓާރުން ފުރަތަމަ ލަފާކޮށްފައިވަނީ ރާމާމަކުނަށް ޖެހިފަައިވަނީ ރީދޫހުން ނުވަތަ "ޔެލޯ ފީވަރ" ކަމަށެވެ.
ޒިކާ ވައިރަސް ޑޮކްޓަރުންނަށް ފާހަގަކުރެވިފައިވަނީ، ޒިކާ ޖަންގަލީގެ ތެރެއިން ފެނުނު އީޑީޒް މަދިރިންނެވެ. އަދި މި ވައިރަސްގެ ވެކްޓާރ އަކަށް ނުވަތަ ވައިރަސް އެއް ހަށިގަނޑުން އަނެއް ހަށިގަނޑަށް ގެންދާ މެދުވެރިއެއްގެ ގޮތުގައި އީޑީޒް މަދިރި ފާހަގަވެގެންދިޔައެވެ.
އިންސާނުންގެ ހަށިގަނޑުން ޒިކާ ވައިރަސްގެ އަސަރު ފެނިފައިވަނީ 1952 ވަނައަހަރާއި 1981 ވަނައަހަރުތެރޭގައެވެ. އެގޮތުން ސެންޓްރަލް އެފްރިކަން ރިޕަބްލިކް، މިސްރް، ސިއެރަލިއޯން، ޓެންޒޭނިއާ، ޔުގާންޑާ އަދި އޭޝިޔާގެ ސަަަރަހައްދުތައް ކަމުގައިވާ އިންޑިއާ އިންޑޮނޭޝިޔާ މެލޭޝިޔާ، ފިލިޕީންސް ތައިލެންޑް އަދި ވިއެޓްނާމް އިންވެސް މީގެކުރިން މި ބަލީގެ ވައިރަސްވަނީ ފެނިފައެވެ.
އޭރު ޒިކާބަލީގެ އަލާމާތްތަކުގެ ތެރޭގައި ފާހގަކުރެވިފައިވަނީ، ބޮލުގައި ރިއްސުން، ހުން އައުން، ނުވަތަ ހަށިގަނޑުގެ އެކިތަންތަނުގައި ފިތްގަނޑުލުން ނުވަތަ ރަތްވެފައިހުރުންމެވެ.
މި ބަލިގެ އައުޓްބްރޭކްއެއް އެންމެ ފުުރަތަމަ އައިސްފައިވަނީ، 2007ވަނައަހަރު، ޔަޕް ކިޔާ ކެރޮލައިން އައިލެންޑްސްގެ ރަށަކުންނެވެ. އެދުވަސްވަރު ސަތޭކައެއްހާ މީހުންނަށް ޒިކާޖެހިގެން މި ރަށުން ރިޕޯޓުކޮށްފައިވެއެވެ. އޭގެފހުން ހެދި ދިރާސާތަކުން ސާބިތުކޮށްދީފައިވަނީ އެ ރަށުންވެސް އީޑީސް މަދިރި ފެނިފައިވާކަމަށެވެ. އޭރު މި ބަލީގެ ސަބަބުން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައިއެއް ނެތެވެ. އަދި މިހާރު މި މިބައްޔާގުޅިގެން ކަމަށް ލަފާކުރެވިގެން ފެންނަމުންދާ އައިބުވުމުގެ އެއްވެސް އަސަރެއް ވެސް ފެނިފައެއްނުވެއެވެ.
އޭގެ ހައަރު ފަހުން، 2012 ވަނައަހަރު، ފްރެންޗް ޕޮލިނީސިޔާއިންވަނީ އަށާވީސްހާސް މީހުންނަށް ޒިކާވައިރަސް ޖެހިގެން ރިޕޯޓުކޮށްފައެވެ. އެއީ އާބާދީގެ އެގާރަ އިންސައްތައެވެ. އޭގެތެރެއިން ހަތްދިހަ ދެ މީހުންނަށްވަނީ ނާރުތަކުގެ މައްސަލަތަކައި ކުރިމަތިވެފައެވެ. އަދި އިތުރު ސާޅީސް މީހުންނަށްވަނީ ނުރައްކާތެރި ގުޔާން ބެރެ ނުވަތަ ނާރުތަކުން ރަނގަޅަށް މަސައްކަތްކުރުމުން ބަލިކަށިކޮށްދޭ ފަދަ ހާލަތެއް މެދުވެރިވެފައެވެ.
ސައިންސްވެރިން މިއަދު ގަބޫލްކުރާގޮތުގައި ނުރައްކާތެރި ޒިކާވައިރަސްއަކީ އިންސާނިއްޔަތަށް ހުރި ނުރައްކަލެއްކަން ހާމަވުމަށް ދިން ފުރަތަމަ ސިގްނަލަކީމިއީއެވެ.
މިއަހަރުތެރޭ ޒިކާވައިރަސްގެ ނުރައްކާތެރިކަން މުޅި ދުނިޔެއަށް ފެތުރި މުޅި ދުނިޔެ ސިއްޙީ ގޮތުން ކުއްލި ނުރައްކަލެއްގެ ތެރެއަށް މިވަނީ ވެއްޓިފައެވެ. އެގޮތުން މިފަހަރު ޒިކާ ފުރަތަމަ ފެނިފައިވަނީ، ބްރެޒިލް އިންނެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭ ބްރެޒިލްގައި ވަނީ ޒިކާ ވައިރަސް ރިޕޯޓުކުރެވެން ފަށިފައެވެ. ބްރެޒިލްގައި ޒިކާގެ ނުރައްކާތެރިކަން އާންމުވާންފެށީ ކުރީންވެސް ފެނިފައިވާ ގުޔާން ބެރެ ނުވަތަ ހަށިގަނޑުގެ ނާރުތަށް މަސައްކަތް ކުރާ ނިޒާމަށް ޖެހޭ ނުރައްކާތެރި ބައްޔެއް އާންމުވެ، އަލަށް އުފަންވާކުދީންނަށް މައިކްރޯ ސިފިލިސް ޖެހުން އާންމުވުމުންނެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުން ބްރެޒިލްގައި އާންމުގޮތެއްގައި ތިންލައްކަ ކުދިން އުފްނަވާއިރު ، އެވްރެޖްގޮތެއްގައި ރިޕޯޓްކުރެވެނީ މައިކްރް ސިފިލިސްގެ ސަތޭކަ ފަންސާހެއްހާ ރިޕޯޓެވެ.
ނަމަވެސް މިހާރުވެސް ބްރެޒިލްގައި ހަތަރުހާހެއްހާ މިފަދަ ބަލިމީހުންތިބިކަމަށް ރިޕޯޓުތަކުން ދައްކައެވެ. މައިކްރޯ ސިފިލިސް ޖެހެނީ ސީދާ ޒިކާ ވައިރަސްގެ ސަބަބުންކަން އަދި މިހާތަނަށް ޔަގީންކުރެވިފައި ނުވިނަމަވެސް، ސައިންސްވެރިން ގަބޫލްކުރާގޮތުގައި ޒިކާއާއި މި ބައްޔަށް ކޮންމެވެސް ވަރެއްގެ ގުޅުންތަކެއް އެބަހުއްޓެވެ.
މައިކްރޯ ސިފިލިސް ޖެހޭ އެހެނިހެން ސަބަބުތަކުގެ ތެރޭގައި މީސަލްސް ރުބެއްލާ،ނުވަތަ ރަނގަޅަށް ނުކެކި ހުންނަ މަހުގެ ބާވަތްތަކުން ޖެހޭ، ޓޮކްސޯޕްލާސްމޯސިސް ހިމެނެއެވެ.
ސިކުނޑީގެ އައިބެއް ފެނިގެންދާ މި މައިކްރޯ ސިފިލީސްއަށްވެސް ފަރުވާއެއް މިހާތަނަށް ފެނިފައިނުވާކަމީ ، މި ބަލީގެ ނުރައްކާތެރިކަން އިތުރުވެގެންދާ ސަބަބެކެވެ. ޒިކާއަކީ މިހާތަނަށްވެސް ފަރުވާއެއް ހޯދިފައިނެތް ބައްޔެއްކަން ހާމަވެފައިވާއިރު، މިކަމަށް ސަމާލުކަމެއް ނުދެވިވަނީ މި ބަލީގެ މާބޮޑެތި މައްސަލަތަކެއް އާންމުވެފައި ނުވާތީކަމަށް ބެލެވެއެވެ.
ދިރާސާތަކުން ދައްކާގޮތުން، ޒިކާ ވައިރަސް ޖެހޭ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެނިގެން ގޮސްފައިވަނީވެސް ކޮންމެ ފަސްމީހުންގެ ތެރެއިން އެކަކުގެ ކިބައިންނެވެ.
ޒިކާ ވައިރަސް ކަށަވަރުކުރުމަށްޓަކައި މޮލެކިއުލަރ ޓެސްޓް ހެދުމަށް ސާމްޕަލް ނަގަންޖެހެނީ ބަލިޖެހެތާ ހަފްތާއެއްގެތެރޭ ލެއިން ނުވަތަ ގައިގެ ޓިޝޫއިންނެވެ. ޔުނިވަރސިޓީ އޮފް އެރިޒޯނާ ގެ ޕްރޮފެސަރެއްކަމަށްވާ ހައިޑީ ބްރައުން، ވިދާޅުވާ ގޮތުން، ޒިކާ ފެތުރެެން މެދުވެރިވަނީ، ޒިކާ ވައިރަސް ހުރި މަދީރީގެ އަދަދު ގިނަވުމާއި، އަދި މިފަދަ މަދިރި އިންސާނުންގެ ގަޔަށް ކަށިޖަހާ މިންވަރު ގިނަވުމާއި، ޒިކާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ގިނަވުންނެވެ.
ބައިނަލަޤްވަމީ ގޮތުންވެސް ޒިކާ ކޮންޓްރޯލް ކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއްދަނީ ކުރެވެމުންނެވެ. އެގޮތުން، ބަލީގެ ކުރީކޮޅު މަދިރީގެ ކިބައިން ރައްކާތެރިވުމަށް ސަމާލުކަންދީ މަދިރި އުފެދޭނެ ފަދަ ތަންތަން ނައްތަލުމާއި، ހަށިގަނޑު ނިވާކުރެވޭނެ ފަދަ ދިގު ހެދުންލުމާއި، މޮސްކިޓޯ ރިޕެލެންޓް ބޭނުންކުރުމަކީވެސް ސިއްޙީ މާހިރުން ފާހަގަކުރާ މުހިންމުކަންކަމެވެ..