ކެރަފާ ނަސީމް 14 ދުވަސްތެރޭގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

naseem1

އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި، ބޭފުޅެއް ކަމަށްވާ ހ. ހިކިފިނިފެންމާގެ އަހުމަދު ނަސީމް (ކެރަފާ ނަސީމް) 14 ދުވަހުގެ ތެރޭގައި މޯލްޑިވްސް ސާރވިސްއަށް ޙާޒިރުވުމަށް އަންގައިފިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާގޮތުގައި  ނަސީމްއަކީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ހޯދަމުންދާ މީހެކެވެ. އެހެންނަމަވެސް އޭނާ ރާއްޖޭން ބޭރުގައި ހުރުމުގެ ސަބަބުން މިހާތަނަށް ފުލުސް އޮފީހަށް ހާޒިރު ކުރެވިފައެއްނުވއެވެ. އަދި އޭނާ ފުލުސްއޮފީހަށް ހާޒިރުކުވާންޖެހޭކަން އަންގާ ޗިޓުވެސް އޭނާ ބޭރުގައު ހުރުމުގެ ސަބަބުން އޭނާއާ ހަވާލު ކުރެވިފައެއް ނުވެއެވެ.

" އަޙްމަދު ނަސީމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ދިނުމުގެ ގޮތުން 13 އޯގަސްޓް 2016 ވަނަދުވަހުން ފެށިގެން 14 (ސާދަ) ދުވަސް ތެރޭ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޙާޟިރުވުމަށް އެންގުމަށްޓަކައި މި ނޫސް ބަޔާން މެދުވެރިކޮށް އާންމުކޮށް އަންގައި އިއުލާނުކުރަން" ފުލުހުން ގެ ބަޔާނެއްގައި ބުނެފައިވެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.