ފަސްދޮޅަސް ފަސް އަހަރު ވުމުން ވެރިކަމަށް ކުރިމަތި ނުލެވޭ އިސްލާހު އުވައިލަނީ

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ޤާނޫނު އަސާސިއަށް ގެނެސްފައިވާ އިޞްލާޙު އުވައި ލުމަށް އިނގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހީމް ފަލާޙު މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ.

ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ޤާނޫނު އަސާސީ އިޞްލާޙު ކުރެއްވީ 2015 ވަނަ އަހަރުއެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލެވޭނީ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ. މިއީ ކުރިން ވެސް ފަލާޙު ތާއީދު ކުރެއްވި ބަދަލެއް ނޫނެވެ.

ގާނޫނު އަސާސީގައި ކުރިން އޮންނަނީ ރައީސް ކަމާއި ނާއިބު ރައީސް ކަމަށް ކުރިމަތި ލެއްވޭނޫ ޢުމަރުން 35 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ. އެހެންނަމަވެސް އެ ޢުމުރު 30 އަށް ދަށްކުރެއްވީ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބަށް ނާއިބު ރައީސްކަން ދެއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދުވަނީ ޖޭއެސްސީގެ މެމްބަރު ކަމުން ގުރައިދޫ ދާއިރާގެ މެމްބަރު  އިބްރާހީމް ރިޒާ ވަކި ކުރުމަށް ހުށަހަޅައި އެކަމުގެ ބަހުސް ވެސް ފަށްޓަވައިފައެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.