ޕާކިސްތާން ގެ އެމްބެސެޑަރ އިންޠިޚާބީ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޕާކިސްތާންގެ އެމްބެސެޑަރ ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރޓޑ.) ވަސީމް އަކްރަމް ޕްރެޒިޑެންޓް-އިލެކްޓް އިބްރާހީމް މުޙައްމަދް ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުން އޮތީ ޕްރެޒިޑެންޓް އިލެކްޓް އިބްރާހީމް މުޙައްމަދް ޞާލިޙްގެ އޮފީހުގައެވެ. މި ބައްދަލުވުމުގެ ތަފްސީލެއް އަދި ދެފަރާތުން ވެސް ހާމަކުރައްވާފައެއް ނުވެއެވެ. 

ސެޕްޓެންބަރު މަހުގެ 23ވަނަ ދުވަހު ބޭއްވި ރިޔާސީ އިންޠިޚާބު އިބްރާހީމް މުޙައްމަދް ޞާލިޙް ކާމިޔާބު ކުރެއްވުމާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ގެންދަވަނަީ އެމެނަކުފާނާ ބައްދަލުކރުައްވަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ އެމަނިކުފާނުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވީ އިންޑިއާގެ ސަފީރު ހިޒް އެކްސެލެންސީ އަކިލޭޝް މިޝްރާ އެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.