ގާނޫނާ ޚިލާފު ކަމެއް ކޮށްފިއްޔާ އީސީގެ މެންބަރަކަށް ވިޔަސް ގާނޫނު އަރާ ހަމަކުރާނެ: ފައިސަލް

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި "ކަންތައްތަކެއް" ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރަކަށް ވިޔަސް، ބްރޯޑްކާސްޓިން ކޮމިޝަންގެ މެންރަކަށް ވިޔަސް ގާނޫނޫ އަރާ ހަމަކުރާނެކަން ހަނދާން ކުރުމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންމޭޓް  ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުކުރުދުވަހުގެ ރޭ ޅ. ކުރެންދޫގައި ބޭއްވި ކެންޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުމެންނަށް ވަރަށްގިނަ ގޮތްގޮތުން އަޑުއިވިގެން އެބަދޭ ތަފާތު އެކިކަހަލަ ކަންތައްތައް ހިނގަމުންގޮސްދާނެ ކަމުގެ ވާހަކަ. އަޅުގަނޑު ދަންނަވާލަން އޮތީ އިލެކްޝަންސް ކޮމިޝަނަށް ވިޔަސް ތިޔަބޭފުޅުން ތަފާތު ކުރުމެއްނެތި ކަންތައްތައް ކުރައްވާށޭ. އަބަދަކު ކަންތައްތައް އެއްގޮތަކަށް ނޯންނާނެކަން ތާރީޚުގެ ތެރެއިންނާއި މިހާރު މިގައުމުގައި ހިނގަމުންދާ ކަންކަމުގެ ތެރެއިން އެއޮތީ ފެންނާށޭ،" އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ވަކިބަޔަކަށް ފުރުސަތު ހޯދައި ދިނުމަށްޓަކައި ގާނޫނާ ޚިލާފު އެއްވެސް ކަމެއްކުރިއަށް ނުގެންދަވަން އޭނާ އެދިވަޑައިގެންފިއެވެ.

"ގާނޫނާ ޚިލާފުވެއްޖެނަމަ އެއީ އިލެކްޝަންސް ކޮމިޝަންގެ މެންބަރަކަށް ވިޔަސް އެއީ ބްރޯޑްކާސިޓިން ކޮމިޝަންގެ މެންބަރަކަށް ވިޔަސް ގާނޫނު އަރާ ހަމަކޮށް އެކަންތައްތައް ތަހުގީގު ކުރެވި އެކަމުގެ ހައްގު ފިޔަވަޅު އެޅިގެންދާނެ" ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އެންމެން ވެސް ކުރަންވީ އެންމެ މުހިންމުކަމަކީ ރީރަޖިސްޓްރޭޝަންގެ ކަންތައް ކަމަށެވެ. އެހެންވީމައި އެންމެންވެސް ވީހައި އަވަހަކަށް ރީރަޖިސްޓްރީކޮށް ނިންމުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.