![EC](https://aafathis.mv/wp-content/uploads/2018/08/EC-678x381.jpg)
ރައީސުލްޖުމްހޫރިއްޔާ ކަމަށް އިތުރު ބޭފުޅަކު ކުރިމަތި ލައްވައި އެބޭފުޅާގެ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ. އިލެކްޝަނަށް މިއަދު ފޯމު ހުށަހެޅުއްވީ، ދަފްތަރު 6562 ހުސައިން ނަސީރެވެ.
އިލެކްޝަންސް ކޮމިޝަނަށް އޭނާ ހުށަހެޅުއްވި ފޯމު އެކޮމިޝަނުންވަނީ ބަލައިގެންފައެވެ. އޭނާއަކީ މިހާތަނަށް ރާއްޖެއިން ބޭރުގައި އުޅުއްވި ބޭފުޅެއް ކަމަށް އެނގިފައިވެއެވެ. ނަސީރުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ޝައިޚް ނަސްރުﷲ މުސްތަފާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ނަސީރުގެ އިތުރަށް އިލެކްޝަނަށް ފޯމު ހުށަހަޅުއްވައިފައިވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީނާއި، އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ އުމަރު ނަސީރާއި، ސުޖާއު ހުސައިން ފޯމު ހުށަހަޅުއްވައިފައެއް ނުވެއެވެ. މުއްދަތު ހަމަވުމުގެ ކުރިން ރައީސް ޔާމީންގެ ފޯމު ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމްއިން ބުނެފައިވެއެވެ. އުމަރު ވިދާޅުވީ ވަގުތު ޖެހުމުން ފޯމު ހުށަހަޅުއްވާނެ ކަމަށެވެ.