ގައުމީ ޔުނިވަރސިޓީ އާއި ޕިއެސްއެމް ގުޅިގެން އިންތިޒާމް ކުރި 'އެމް.އެން.ޔޫ. ބަހުސް 2018' ގައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގެ ރަސްމީ ޓުވިޓަރ ހެންޑްލް އިން ކުރެއްވި ޓުވީޓެއްގައެވެ.
#MNURB2018 #Maldives #PresYameen will participate in the "MNU Presidential Debate 2018" to be held at MNU Central Auditorium on 16 September 2018 at 9pm. The program will be live telecasted through President’s Office Social Media channels#ProgressShared #KurierunEmmenah pic.twitter.com/X2UsI0d13I
— The President's Office (@presidencymv) September 16, 2018
ރިޔާސީ ބަހުސް އޮންނާނީ މިރޭ 9:00ގައި އެމް.އެން.ޔޫ. ގެ މަރުކަޒީ އޮޑިޓޯރިއަމްގައެވެ. މި "ބަހުސް" ރާއްޖޭގެ ޓީވީ ޗެނެލްތަކުން ވަގުތުން ދުރަށް ދައްކާނެކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި އާއްމުކުރި ބަޔާނެއްގައި ބުނެއެވެ. އަދި ރައީސް އޮފީހުގެ ސޯޝަލްމީޑިއާ އެކައުންޓްތަކުން ލައިވްކުރަމުންދާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
މި "ބަހުސަކީ" ރިޔާސީ ރޭހުގައި ވަދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބޭއްވުމަށް އިންތިޒާމު ކުރެވުނު "ބަހުސަކަށް" ވިޔަސް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވިނަމަވެސް ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާން ފަހުންވަނީ ނިންމާފައެވެ. އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މީގެ ކުރީން މީޑިއާއާ ބައްދަލކުރައްވައި ދިދާޅުވީ އިއްތިހާދުގެ ކެންޑިޑޭޓް ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާން ނިންމެވީ ރާއްޖެޓީވީ އިން އިންތިޒާމު ކުރި ބަހުސްގައި ރައީސް ޔާމީނު ބައިވެރިވެވަޑައިނުގަންނަވާން ނިންމެވުމުން ކަމަށެވެ.
އިބޫ ބަހުސްގައި ބަިއވެރިވެ ވަޑައިނުގަންނަވާން ނިންމެވި ނަމަވެސް އެމް.އެނ.ޔޫ އިން ނިންމެވީ ބަހުސާއިގެން ކުރިއަށްދާށެވެ. މިރޭ ބާއްވާ ބަހުސަކީ އެންމެ ކެންޑިޑޭޓަކު ބައިވެރިވަޑައިގަންނަވާ 'ބަހުސަކަށް' ވާތީ ގިނަބަޔަކު ދަނީ ސޯޝަލްމީޑިއާގައި ރައީށާއި އެމ.އެން.ޔޫ އަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.