އިންޑިޔާގެ އެތައްހާސް ދަނޑުވެރިން މުމްބާއީގައި މުޒާހަރާކުރަނީ

ދަނޑުވެރިން މުމްބާއީގައި މުޒާހަރާކުރަނީ

ސަތޭކައެއްހާ މޭލަށް ހިނގާފައި މުމްބާއީއަށް އެރުމަށް ފަހު، އިންޑިޔާގެ އެތައެްހާސް ދަނޑުވެރިން، އެބައިމީހުންގެ ގޮވާމަށް ރަނގަޅު އަގު ނުލިބުމާއި ދަނޑުބިންތަކުގެ މިލްކުވެރިކަމުގެ މައްސަަލައިގަައި މުޒާހަރާކޮށްފިއެވެ.
ދަނޑުވެރިން މުމްބާއީއަށް އެއްވީ 165 ކިލޯމީޓާރު ދުރުގައި އޮންނަ ނާސިކުން ފެށިގެން ހިނގާފައެވެ. 6 ދުވަހު ހިނގާފައި މުމްބާއީއަށް އެރި ދަނޑުވެރިން ތިބީ ރަތް ތޮފި އަޅައިގެން ރަތް ދިދަ ހިފަގެންނެވެ. 30 ހާހަށްވުރެ ގިނަ ކަމަށް ލަފާކުރެވޭ ދަނޑުވެރިން އެއްވީ މުމްބާއީގެ ދެކުނުގައި އޮންނަ އާޒާދް މައިދާނަށެވެ.
"އަހަރުމެން ވަނީ އެމީހުންނަށް ބޭނުންވާ އަސާސީ ވަސީލަތްތައް އެތަނުގައި ޤާއިމްކޮށްދީފައެެވެ. ސިއްހީ އަވަސް ފަރުވާ ދޭނެ ތަންތަނާއި، ބޯފެނުގެ އިިންތިޒާމުވެސް ހަމަޖައްސާފައި" މުމްބާއީ ސިވިކް އޮތޯރިޓީގެ ތަނާޖީ ކުމްބްލޭ ބުންޏެވެ.
ދަނޑުވެރިން ގޮވަލަނީ މަހާރާޝްޓްރ ސްޓޭޓްގެ ސަރުކާރުން ޖަންގަލީތަކުން ބައެއް ދަނޑުވެރިކަން ކުރަން ދިނުމަށެވެ. އަދި ގޮވާން ހައްދަން ހިނގާ ޚަރަދުގެ 1.5 ގުނަ ބޮޑުު އަގެއް ސަރުކާރުން އެމީހުުންނަށް ދިނުމަށާއި، އެމީހުންގެ ލޯނުތައް މާފުކޮށްދިނުމަށެވެ.
މަހާރާޝްޓްރަ ސަރުކާރުން ބުނީ ދަނޑުވެރިން އެދޭ ކަންތަކާމެދު ވިސްނުމަށް ތައްޔާރަަށް އޮތް ކަމަށާއި، ދަނޑުވެރިންގެ އިސްމީހުންނާ ބައްދަލުކޮށް މަޝްވަރާކުރާނެ ކަމަށެވެ.
ފާއިތުވި އަހަރު މަހާރާޝްޓްރަ ސްޓޭޓްގެ ޗީފް މިނިސްޓަރު ދަވެދްދަ ފަޑްނަވިސް ވިދާޅުވެފައި ވަނީ ސަރުކާރުން ދަނޑުވެރިންނަށް ދޫކޮށްފައިވާ 305 ބިިލިއަން ރުޕީސް (4.75 ބިލިއަން އެމެރިކާ ޑޮރަލު) ގެ ލޯނު މާފުކުރާނެކަމުގައެވެ.
އިންޑިޔާގައި 260 މިލިއަން ދަނޑުވެރިންނާއި، ދަނޑުވެރިކަމުގައި މަސައްކަތްކުރާ މީހުން އުޅެއެެވެ. އާބާދީގެ ބޮޑު ބައި ދިރިއުޅެނީ ރަށްފުށުގެ ސަރަހައްދުގައެވެ. އެހެންނަމަވެސް އިންޑިޔާގެ އިޤްތިސާދީ އުފެއްދުންތެރިކަމުގައި ދަނޑުވެރިކަމުގެ ހިއްސާއަކީ އެންމެ %17 އެވެ.
ޚަބަރު: ދަނިއުސް

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.