ވެރިކަމުުގައި ދެމިހުރުމުގެ ބޭނުމުގައި ޤާނޫނު އަސާސީ ބަދަލެއް ނުުކުރާނަން: ޕުޓިން

2024 ވަނަ އަހަރަށް ފަހުވެެސް ރައީސުކަމުގައި ދެމިހުންނެވުމުގެ ބޭނުމުގައި ޤާނޫނު އަސާސީ ބަދަލު ނުކުރައްވާނެ ކަމުގައި ރަޝިޔާގެ ރައީސު ވްލާޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ. މިމަހު 18 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްްވައި 4 ވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެކަން ގާތްގަނޑަކަށް ޔަޤީންވެފައިވާ ޕުޓިން ވެރިކަމުގައި އުމުރު ދުވަހަށް ދެމިހުންނަަވަން އުޅުއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ޗައިނާގެ ރައީސު ޝީ ޖިންޕިންގެ ފިޔަވަޅުމަތިން ވަޑައިގެން، ރައީސު ކަމުގައި ދެމިހުންނެވުމަށް މަސައްކަތް ކުރައްވަފާނަންތޯ އެމެރިކާގެ އެންބީސީ ނެޓްވާކުން ދެންނެވުމުން، އޭނާގެ އެފަދަ މަޤްޞަދެއް ނެތްކަމުގައި ޕުޓިން ތަކުރާރުކޮށް ވިދާޅުވިއެވެ.
"އަހަރެން ދުވަހަކުވެސް ޤާނޫނު އަސާސީ ބަދަލެއް ނުކުރަން. އަހަރެން ބޭނުން ގޮތަށް މަގު ފަހިކުރަން އަހަރެން އެފަދަ ކަމެއް ކޮށްފައި ނުވާނެ. އަދި މިއަދުވެސް އެފަދަ ކަމެެއް ކުރަން އަހަރެން ރާވާފައެއް ނެތް." އޭނާ ވިދާޅުވިއެވެ.
ޕުޓިން ރަޝިޔާގެ ރައީސުކަމަށް ފުރަތަމަ ހޮވިވަޑައިގަތީ 2000 ވަނަ އަަަހަރުއެވެ. ދެން 2004 ވަނަ އަަހަރު ދެވަނަ ދައުރަކަށް ހޮވިވަޑައިގަތެވެ. ރަޝިޔާގެ ޤާނޫނު އަސާސީ ވިދިވިދިގެން 2 ދައުރަށްވުރެ ގިނައިިން ރައީސުކަން ކުރުމަށް ހުރަސްއަޅާތީ 2008 ވަަނަ އަހަރު އޭނާ ކުރިމަތިނުލައްވައެވެ.
ވެރިކަން ދޫކޮށްލައްވައިިފިނަމަ އޭނާއަށް ލިބިދާނެ ގެއްލުމަކަށްޓަކައި އޭނާ ވެރިކަން ދޫކޮށްލައްވަން ބޭނުންފުޅުނުވާ ކަމަަށް ދެކެވޭ ވާހަަކަތަކަށް ރައްދުދެއްވަމުން އޭނާ ވިދާޅުވީ "އަހަރެންނަށް ފަހު ވެރިކަމަށް އަންނަ ބަޔަކު ފާއިތުވެ ދިޔަ އަހަރުތަކުގައި އަހަރެން ޙާސިލުކުރި ހުރިހާ އެެއްޗެއް ނައްތާލާނެކަމަށް ޤަބޫލުކުުރެވެނީ ކީއްވެހެއްޔެވެ؟"
2008 އިން 2012 އަށް ވެރިކަން ކުރެއްވި ރައީސު ޑިމިޓްރީ މެޑްވަޑޭވްގެ ދައުރު ނިމުމުގެ ކުރިން އޭނާވަނީ ރިޔާސީ ދައުރު ހަ އަަހަރަށް ބަދަލުކުރުމުގެ އިސްލާހެއް ތަޞްދީޤުކުރައްވާފައެވެ.
އެއިސްލާހަށް ފަހު ބޭއްވުނު އިންތިޚާބު ކާމިޔާބުކުރައްވައި ފުޓިން 6 އަހަރުގެ ދައުރަކަށް ހޮވިވަޑައިގަތެވެ. މިފަހަރުގެ އިިންތިޚާބުގައި 6 އަހަރުގެ ދެވަނަ ދައުރަކަށް ޕުޓިން ހޮވިވަޑައިގަންނަވާނެކަމަށް ވަނީ ބެލެވިފައެވެ.
ޚަބަރު: ނިއު އިންޑިއަން އެކްސްޕްރެސް، ދަ ސްޓްރެއިޓްސް ޓައިމްސް

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.