މުޒާހަރާތަކުގައި ބަންދުކުރި އެންމެންވާނީ ދޫކޮށްލައިފައި:ޕޮލިސް

ފެބުރުއަރީ އެކެއްގައި ސްޕްރީމްކޯޓުން ނެރުނު ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި އެދުވަހުން ފެށިގެން އިދިކޮޅުފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކުން ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލާފައިވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ސްޕްރިންޓެންޑެންޓް މުހައްމަދު ޝިފާން ދާދި ދެންމެއަކު ދެއްވި ޕްރެސް ސްޓޭޓުމެންޓެއްގައި ވިދާޅުވީ އެ މުޒާހަރާތަކުން ފުލުހުންގެ ބަންދަށް ގެންދިޔައީ ޖުމްލަ 48 މީހުން ކަމަށެވެ. އެ އެންމެންވެސް މިހާރުވަނީ ދޫކޮށްލާފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން އަމިއްލައަށް އަދަދުތަކެއް އުފައްދައިގެން އެކަން އާންމު ކުރަމުންގެންދިއުމަކީ ހަގީގަތާ ޚިލާފު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އެގޮތަށް ކަންތައްތައް ކުރުމުން ފުލުހުންގެ މަސައްކަތްތަކަށް ވަރަށްބޮޑަށް ދަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީ ނަހައްޓައި ހިފެހެއްޓުމަކީ ފުލުހުންގެ ވާޖީބެއް ކަމަށާއި އެކަން އެގޮތަށް ކުރެއްވުމަށް ފުލުހުން އެއްވެސް ވަރަކަށް ފަސްނުޖެހޭނެ ކަމަށެވެ. ރާއްޖޭގެ އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމް ކުރުމުގެ ފުރިހަމަ ޒިންމާއަކީ ވެސް ފުލުހުންގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތަކަށްވާތީ އެކަންވެސް ފުލުހުން ކުރައްވާނެ ކަމަށް ޝިފާން ވިދާޅުވިއެވެ. އެފަދަ ކަންކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ފުލުހުންނަށް ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.