މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތަކަކާއެކު މީހަކު ލ. މާވަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 21 އަހަރުގެ ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލ. މާވަށު ފެރީއަކުން މާވަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ 17:40 ހާއިރުއެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ފަޓްލޫނު ޖީބުން ފެނުނު ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 19 ސެލޯފިންކޮޅު ފެނިފައިވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. މަވަށް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ލ. މާވަށު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

1 ޚިޔާލު

  1. މި ޚަބަރުން ލ. މާވަށު މީހުންނަށް އެބަ ކުޑައިމީސްވެވެއެވެ. މާވަށުން މީހަކު ހައްޔަރުކުރިވާހަކަ ބުނީމާ އެންމެންގެ ސިކުނޑިއަށް ވެސް އަންނާނީ އެއީ މާވަށު މީހެއްކަމުގައެވެ. އެކަމަކު ހަގީގަތަކީ މަސްތުވާ ތަކެއްޗާއެކު ހައްޔަރު ކުރީ އަތޮޅުތެރޭގައި ދަތުރތުކުރާ ފެރީގައި އުޅޭ ފަޅުވެރިއެއް ކަމަށްވާ ސޮރެކެވެ. ޅ. ގަމު މީހެކެވެ. މި ދޭތެރެއަކުން މީހަކު މެރި މައްސަލައެއްގައި މާވަށު މީހަކު ޝާމިލުވާކަމަށް ގޮވި އިރު އޭނާ އަކީ ދުވަހަކު ވެސް މާވަށަށް ދިޔަ މީހެއް ނޫނެވެ. އޭނާގެ ބައްޕަ އަކީ މާވަށަށް ނިސްބަތްވާ މީހަކަށްވާތީ މާވަށުގައި ރަޖިސްޓްރީ ކުރި ގޮތަށް އޮތީއެވެ. އޭނާގެ ބައްޕަ ވެސް ދިރިއުޅެނީ މާވަށަކު ނޫނެވެ.
    މިކަންކަންވެސް ނޫސްކިޔާ މީހުންނަށް ސާފުވާން އެބަޖެހެއެވެ. އެހެންނޫންނަމަ ނޭނގި ތިބެ ނަހައްޤުން ރަށްރަށް ބަދުނާމުކުރެވެނީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.